ނާއިބް ރައީސް މުހައްމަދު ވަހީދުއްދީން އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާއިބު ރައީސްގެ މިދަތުރުފުޅަކީ އައްޑޫ ސިޓީގައި ހުރި އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާ ބައްދަލުކުރެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއް ކަމަށެވެ.

އެގޮތުން މިއަދު އެމަނިކުފާނު އައްޑޫ ސިޓީގެ ގިނަ އެންޖީއޯތަކާ ބައްދަލުކުރައްވައި އެ ޖަމިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހިތަދޫގައި ހުންނަ ޒުވާނުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނާއިބް ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ވަހިއްދީން އައްޑު ސިޓީ އަށް ވަޑައިގެންނެވި މިދަތުރުފުޅު ނިންމާލެއްވުމަށް ފަހު މި ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންނަވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.