24 Jun 2023, 23:37
އަޟްހާ އީދު ބަންދާ ގުޅިގެން އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކެއް ތައާރަފްކޮށްފިއެވެ.
މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭނެއެވެ. އަދި އެންމެ 500 ރުފިޔާއަށް ލިބޭ ގޭމް އޯން އެކްސްޓްރާ ޕެކް އާއި އެކު ހާސްކަމެއްނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓްގެ އެހެނިހެން ބޭނުން ކުރެވޭނެއެވެ.
ގޭމް އޮން އެކްސްޓްރާ ޕެކް އަކީ ގޭމް ކުޅޭ ފަރާތްތަކާއި ސްޓްރީމިންއަށް ޝައުގުވެރިވާ ފަރާތްތަކަށް އެންމެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ޕެކެކެވެ. ގޭމްކުޅެ ސްޓްރީމް ކުރުމަށް ހާއްސަކޮށްފައިވާ 80 ޖީބީ ޑޭޓާ އެލަވަންސް މި ޕެކްގައި ހިމެނެއެވެ. މި ޑޭޓާ ބޭނުން ކުރެވޭނީ ގޭމިން ޕްލެޓްފޯމްތަކަށެވެ.
މީގެ އިތުރުން، 20 ޖީބީގެ ރެގިއުލާ ޑޭޓާ ވެސް ހިމެނޭއިރު، އާއިލާ އާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް އިންޓަނެޓް ބްރައުޒް ކުރުމުގެ އިތުރުން އޮންލައިން އެހެނިހެން ކަންކަމަށް މި ޑޭޓާ ބޭނުންކުރެވޭނެއެވެ.
މުޅި މަހަށް ޖުމްލަ 100 ޖީބީ އާއި އެކު ގޭމްއޮން އެކްސްޓްރާ ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް މި ޢީދު ބަންދަކީ ފުރިހަމަ ބަންދަކަށް ހެދޭނެކަމަށް އުރީދޫން ބުނެއެވެ.