04 Mar 2010, 11:48
14:30
ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގައި މޫދަށް އެރި އުޅުނު ފްރާންސްގެ ދެމަފިރިއަކު ގެނބިގެން މަރުވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން ދުވަސްވެފައިވާ އެ ދެމަފިރިން ވެސް ގެބިގެން މަރުވެފައި ވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެ ދެމަފިރިން އެކަނި ސްނޯކްލިން އަށް ގޮސް އުޅެނިކޮށެވެ. އެ ދެމަފިރިންގެ އުމުރު 75 އަހަރަށްވުރެ މަތި ކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާ ގުޅިގެން ކޮކޯ ޕާމް ދުނިކޮޅު ރިސޯޓްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ދެމަފިރިން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.