23 Jun 2023, 13:47

ކޮކާ-ކޯލާ ކުންފުނިން ރާއްޖޭގައި ވިއްކާ ބުއިންތަކުގެ ލިސްޓަށް އިތުރު ކުރި، ކެފެއިން އެކުލެވިގެންވާ ބުއިމެއް ކަމަށްވާ ޗާޖްޑް ކާމިޔާބުކަމާ އެކު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފިއެވެ.

މި އުފާވެރި މުނާސަބަތު ފާހަގަކުރުމަށް، އިއްޔެ ވަނީ ހާއްސަ ހަފްލާއެއް ބާއްވައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށަައިފައެވެ.

މީރުމާ އިވެންޓް ހޯލުގައި ބޭއްވި މި ހާއްސަ، ކާމިޔާބު ހަފްލާގައި ފާހަގަކޮށްލެވޭ މެހެމާނުންނާއި އެކި ސިނާއަތްތަކުގެ އިސް ފަރާތްތަކާއި އިންފްލުއެންސަރުންނާއި މީޑިއާގެ މެމްބަރުން ވެސް ބައިވެރިވިއެވެ. އުފާވެރިކަމުން ފުރިގެންވީ މި ހަރަކާތުގައި، ޗާޖްޑްގެ އާދަޔާ ހިލާފު ރަހަ ބައިވެރިންނަށް ތައާރަފްކުރެވުނެވެ.

މި ހަފްލާގައި ބައިވެރިވި ފަރާތްތަކަށް ޗާޖްޑްގެ ބެރީ ރަހަ ތަޖުރިބާކޮށްލައި، މި ބްރޭންޑުން ހަރަކާތްތެރި ދިރިއުޅުމަކަށް ބާރުއަޅާ ގޮތް ދެނެގަތުމުގެ ފުރުސަތު ވެސް ލިބިގެންދިޔައެވެ.
ކޮކާ-ކޯލާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވީ، ކަސްޓަމަރުންގެ ކުރިއަރަމުން އަންނަ ރަހަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ފެތޭ ފަދަ އީޖާދީ ބުއިންތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އަދި ކުރާ ތަސައްވަރަކީ، ބެރީ ރަހަލާ ޗާޖްޑް އަކީ ކޮންމެ ދުވަހަކު ވެސް ހަރަކާތްތައް އިތުރުކޮށް، މުޅި އަހަރު ތެރޭގައި ވެސް ހަރަކާތްތެރި ޖަޒީރާ ދިރިއުޅުމެއް ވޭތުކުރުމަށް އެންމެންނަށް ވެސް އެންމެ ކަމުދާ ބުއިމަށް ވެގެން ދިއުން،" ޕަންކަޖް ސިންހާ ވިދާޅުވިއެވެ.
މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރީ ވިދާޅުވީ ޗާޖްޑްގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންގެ އާންމު ދިރިއުޅުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.
"ހަމަ އެއާއެކު، މި އިފްތިތާހުކުރި ހިތްގައިމު ޕްރޮމޯޝަން ހަގީގަތަކަށް ހެދުމުގައި ބެނެލީ އާއި ލޮޓަސް ބައިކް ޝޮޕުން ބައިވެރިވި، އަޅުގަނޑުމެންނަށް ދިން އަގުހުރި އެހީތެރިކަމަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. 'ޗާޖްޑް' އާއި 'ބެނެލީ' މި ދެ ބްރޭންޑް އެކުގައި ފެނިގެން ދިއުމަކީ ޗާޖްޑް ރާއްޖެއަށް ތައާރަފްކުރުން 'ސުޕަޗާޖު'ކޮށްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ބެނެލީ މޯލްޑިވްސް އާއި ލޮޓަސް ބައިކް ޝޮޕްއާ ގުޅިގެން ޗާޖްޑް އިން ވަނީ ކަސްޓަމަރުންނަށް ހިތްގައިމު ޕްރޮމޯޝަނެއް ފަށާފައެވެ.
ޗާޖްޑް ދަޅެއް ގަންނައިރު ލިބޭ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން 'ގެޓް ޗާޖް އެންޑް ވިން' ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން، ބެނެލީ ސައިކަލުގެ އިތުރުން، ޗާޖްޑް ބްރޭންޑެޑް ހެލްމެޓާއި ޗާޖްޑް ދަޅު ކޭސް ފަދަ އިތުރު އިނާމުތައް ވެސް ކަސްޓަމަރުންނަށް ހޯދޭނެއެވެ.
އެގޮތުން ބެނެލީ 180 އެސް އަދި ބެނެލީ ލިއޮންސިނޯ 250 މަރުކާގެ ޒަމާނީ ހަ ސައިކަލެއް ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ބެނެލީ ސައިކަލު ލިބޭ ނަސީބުވެރިން އިއުލާނުކުރާނީ ކޮންމެ ދެ ހަފުތާއަކުންނެވެ. އެގޮތުން ޖުލައި ދޭއް އަދި 22 އަށްފަހު އޮގަސްޓް ފަހެއް އަދި 19ގައި ނަސީބުވެރިން އިއުލާނު ކުރާނެއެވެ.

އަދި ސެޕްޓެމްބަރު ދޭއް އަދި 16ގައި ވެސް ނަސީބުވެރިން އިއުލާނު ކުރާނެއެވެ. ނަސީބުވެރިން އިއުލާނު ކުރާނީ، މިއިން ކޮންމެ ރެއެއްގެ 9:30ގައި ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އިންނެވެ.
ޝައުގުވެރިކަން ދެމެހެއްޓުމުގެ ގޮތުން، ޗާޖްގެ ދިވެހި އޯޑިއަންސަށް އަމާޒުކޮށްގެން ހާއްސަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާއި ގިވްއަވޭތައް ހިމެނޭ ގޮތަށް މާކެޓިން ކެމްޕެއިންތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދާނެއެެ.