އައިފޯންގެ ސިރީ ކޮމާންޑް އަޕްޑޭޓްކޮށް، އައިއޯއެސް 17ގެ ބީޓާ 2 ޑިވެލޮޕަރުންނަށް ނެރެފިއެވެ.

އައިއޯއެސް 17 ބީޓާ 2 އަކީ، އައިޕެޑްއޯއެސް 17 ބީޓާ 2ގެ އިތުރުން ޑިވެލޮޕަރުންނަށް ޚާއްސަކޮށްގެން އެޕަލްއިން ނެރެފައިވާ ބީޓާ 2 އެކެވެ.

ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް (ޑަބްލިއުޑަބްލިއުޑީސީ) 2023 ގައި އައިއޯއެސް 17 ގެ އަޕްޑޭޓް މި މަހުގެ ކުރީކޮޅު ޢާއްމުކޮށްފައިވާއިރު، އަޕްޑޭޓް ކުރި އޮޕަރޭޓިން ސިސްޓަމުން އައިފޯން ބޭނުންކުރާ އެހެން މީހުންނާ ފަސޭހައިން ކޮންޓެކްޓް ޝެއާ ކުރެވޭނެ ގޮތަށް ސްޓޭންޑްބައި މޯޑަކާއި ޖާނަލް އެޕްލިކޭޝަނަކާއި ނޭމްޑްރޮޕްގެ ނަމުގައި އެއާޑްރޮޕް ފީޗާއެއް ތައާރަފްކުރިއެވެ.

އާ އައިއޯއެސް ބީޓާ ރިލީޒްގައި ސެޓިންގްސް އެޕްލިކޭޝަންގެ ތެރޭގައި ބަދަލުކޮށްފައިވާ ސޮފްޓްވެއާ އަޕްޑޭޓް އިންޓަފޭސްގެ އިތުރުން މުހިންމު ގިނަ އަޕްޑޭޓްތަކެއް ވެސް ހިމަނާފައިވެއެވެ.

ޓެކް ރިޕޯޓްތައް ބުނާގޮތުގައި އަލަށް ތައާރަފުކުރި ޑިވެލޮޕަރުގެ ބީޓާ ވާޝަންގައި ސިރީ ކޮމާންޑަށް މުހިއްމު އަޕްޑޭޓެއް ހިމަނާފައިވެއެވެ.

މީގެ ކުރިން އައިއޯއެސް 16 އާ ހަމައަށް ހުރި އޯއެސްތަކުގައި "ސެންޑް އަ މެސެޖް" ކޮމާންޑް ބޭނުންކުރާއިރު ސިރީ މެސެޖުތައް ފޮނުވަނީ އެޕަލްގެ އަމިއްލަ މެސެޖް އެޕް މެދުވެރިކޮށެވެ. އެހެންނަމަވެސް އައިއޯއެސް 17 ބީޓާ 2 ގެ އަޕްޑޭޓާއެކު މެސެޖް ފޮނުވުމަށް ތާޑް ޕާޓީ އެޕްލިކޭޝަނެއް ހިމެނޭ ގޮތަށް ކޮންމެ މެސެޖިން އެޕްލިކޭޝަނެއް ވެސް މިހާރު ފަސޭހައިން ޚިޔާރު ކުރެވޭނެއެވެ. "ވަޓްސްއެޕް މެދުވެރިކޮށް މެސެޖް ފޮނުވުން" ނުވަތަ "ޓެލެގްރާމް މެދުވެރިކޮށް މެސެޖް ފޮނުވުމަށް" އިތުރު ކޮމާންޑެއް ދެން ދޭކަށް ނުޖެހެއެވެ.

މި އަޕްޑޭޓް ކޮށްފައިވާ ފީޗާއަކީ ވަޓްސްއެޕް އާއި ޓެލެގްރާމް ފަދަ ސިރީ ކޮމްޕެޓިބަލް ތާޑް ޕާޓީ އެޕްލިކޭޝަންތަކާ އެއްގޮތް ފީޗާއެކެވެ. މި އަޕްޑޭޓްއާއެކު ވާޗުއަލް އެސިސްޓެންޓް އިންޓަފޭސްގެ ތެރޭގައި އެއް ޓެޕަކުން މެސެޖު ލިބޭ މީހާގެ ކޮންޓެކްޓް މައުލޫމާތު ބަދަލުކޮށް، ނުވަތަ ކަމާ ގުޅޭ މެސެޖް އެޑިޓް ކުރެވޭނެއެވެ.

އެޕަލް އިން ވަނީ ސެޓިންސް އެޕްލިކޭޝަންގައި އާ ޑިޒައިނަކާ އެކު ސޮފްޓްވެއާ އަޕްޑޭޓް ސަބް ސެކްޝަންގެ ޔޫޒާ އިންޓަފޭސް ވެސް އަޕްޑޭޓްކޮށްފައެވެ.

މީގެ އިތުރުން އައިއޯއެސް 17 ބީޓާ 2 އާއެކު ފިޓްނަސް އެޕްލިކޭޝަންގެ ޑޭޓާ އާއި ސެޓިންތައް ޚާއްޞަ ސެކްޝަނެއް މެދުވެރިކޮށް ކޮންޓްރޯލް ކުރެވޭއިރު، ސްލައިޑާ ކޮންޓްރޯލެއް ބޭނުންކޮށްގެން އެޕަލް މިއުޒިކްގައި ހުންނަ ކްރޮސް-ފޭޑް އިފެކްޓް ވެސް މި ބީޓާ ވާޝަންގައި ލިބެން ހުންނާނެއެވެ. އޭގެ ސަބަބުން ދެ ލަވައެއްގެ މެދުގައި މެދުކެނޑުމެއް ނެތި ޓްރާންސިޝަން ކޮށްލެވޭނެއެވެ.