ކުރިއަށް އޮތް އަޟްހާ އީދާ ދިމާކޮށް ދިރާގުން އަގު ބޮޑު އިނާމުތަކާ އެކު ބޮޑު ލަކީ ޑްރޯއެއް ފަށައިފިއެވެ.

"ބޮޑު ޗުއްޓީ ލަކީ ޑްރޯ"ގެ ނަމުގައި ކުރިއަށް ގެންދާ މި ލަކީ ޑްރޯގައި ފަސް ނަސީބުވެރިއަކު ހޮވާނެއެވެ. މި ނަސީބުވެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 11، ޕީއެސް 5، އެއާ ޕޮޑްސް ޕްރޯ، ދިރާގު ފައިވް ޖީ ވަޔަލެސް ރައުޓަރެއް އަދި ސާފޭސް ޕްރޯ 9 އެއް ހިމެނެއެވެ.

މި ލަކީ ޑްރޯގައި ބައިވެރުން ވަރަށް ފަސޭހަވާނެ ކަމަށާއި ދިރާގު ޕްރީ ޕެއިޑް ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް މި ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ދިރާގުން ފޯރުކޮށްދޭ ހަތަރު ބޫސްޓާގެ ތެރެއިން ކޮންމެވެސް އެއް ބޫސްޓާއެއް ޚިޔާރުކޮށް ބޫސްޓް ކުރުމުން މި ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.

ޕްރީޕެއިޑް ކަސްޓަމަރުން ވެސް ދިރާގުން ފޯރުކޮށްދޭ އެޑްއޮންސްތައް ޚިޔާރުކޮށް ބޫސްޓް ކޮށްލުމުން މި ލަކީ ޑްރޯގައި ބައިވެރި ވެވޭނެއެވެ.

މީގެ އިތުރުން، އަންނަ ހޮނިހިރު ދުވަހާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ ފުޑް ކާނިވަލްގައި އެ ކުންފުނީގެ އެކްސްކްލޫސިވް އޮފާތަކެއް ވެސް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި، ޕޯސްޓްޕެއިޑް 450އަށް ވުރެ މަތީގެ ކޮންމެ ޕެކޭޖެއް އެކްޓިވޭޓް ކޮށްގެން ދިރާގުގެ ރީތި ނަންބަރެއް ހިލޭ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވަލާފައެވެ.

"ބޮޑު ޗުއްޓީ ލަކީ ޑްރޯ" ކުރިއަށް ގެންދާނީ އަންނަ މަހު އަށެއްގެ ނިޔަލަށެވެ.