30 Apr 2012, 22:52
ފުޅުބޯޅަ އަށް ޝައުގުވެރިވާ ބޭފުޅުނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ޔޫރޯފޯރިޔާގެ ނަމުގައި ޕުރޮމޯޝަނެއްފަށައިފި އެވެ.
އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަންގައި އިލެކްޓްރޯނިކް އައިޓަމްތަކުން 1000ރ.ގެ ވިޔަފާރި ކުރައްވާ ބޭފުޅުނަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ އެ ޕުރޮމޯޝަންގައި އިލެކްޓްރޯނިކް އައިޓަމްތަކު 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި އެ ޕުރޮމޯޝަންގެ ގުރުއަތުން ހޮވޭ އެއް ވަނަ ފަރާތަކަށް ދެ ބޭފުޅުންނާ އެކު ސުޕެއިންގައި ލަލީގާގެ ކްލަބު ބާސެލޯނާގެ މެޗެއް ބަލާލުމުގެ ފުރުސަތު ނުވަތަ އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓުން 100000ރ.ގެ އަގުހުރި ގިފްޓް ވައުޗައެއް ލިބޭނެ އެވެ. އަދި ދެ ވަނަ އިނާމަކަށް އެސްޓީއޯ ހޯމް އިމްޕުރޫވްމަންޓުން އަދި ސޮނީ ސުޕޯޓުސް އިން ޖުމުލަ 10000ރ.ގެ ގިފްޓް ވައުޗާއެއް ފަސް ބޭފުޅަކަށް ލިބޭ އިރު ތިން ވަނައަށް ހޮވޭ ފަރާތަކަށް ޓީއެފްޖީ އިން ހަ މަހުގެ "ފްލެކުސް އިޓް" ޖިމް ޕެކޭޖެއް ދެ ބޭފުޅުނަށް ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެސޓީއޯ އިން ބުނީ އެ ޕުރޮމޯޝަން ކުރިއަށް ދާއިރު ކޮންމެ ހަފްތާ އަކު ބާއްވާ ލަކީ ޑްރޯއަކުން ހޮވޭ ނަސީބު ވެރިޔަކަށް ޕިލިޕުސް ގިފްޓް ޕެކެއް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޔެވެ.
ޕުރޮމޯޝަން ކުރިއަށް ދާނީ މޭ މަހު އެއް ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހާ ހަމަޔަ ށެވެ.