21 Jun 2023, 08:43
ތެލުގޫ އެކްޓަރު ރާމް ޗަރަން އާއި އަންހެނުން އުޕަސަނާ ކަމިނޭނީއަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
ރާމް ޗަރަންގެ އަންހެނުން އުޕަސަނާ ވިހާފައިވަނީ އިންޑިއާގެ ހައިދްރައާބާދުގެ އެޕޯލޯ ހޮސްޕިޓަލުގައެވެ. ޢާއިލާގެ ފަރާތުން މި އުފާވެރި ޚަބަރު މީޑިއާއާއެކު ހިއްސާކުރަމުން ބުނީ ދެ މައިންގެ ޙާލުވެސް ރަގަޅުކަމަށެވެ. މިއީ ރާމް ޗަރަންއާއި އަންހެނުން އުޕަސަނާގެ 11 އަހަރުވީ ކައިވެންޏަށް ލިބުނު އަލަތު ދަރިފުޅެވެ.
އަންހެނުން އުޕަސަނާ ބަލިވެންއިންކަން އެކްޓަރު އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުތެރޭގައެވެ. ރާމްގެ އިތުރުން ސައުތު ސިނަމާގެ ލެޖެންޑުގެގޮތުގައި މަޝްހޫރުވެފައިވާ ރާމް ޗަރަންގެ ބައްޕަ ޗިރަންޖީވިވެސްވަނީ މިޚަބަރު އާއްމުންނާ ހިއްސާކޮށްފައެވެ. ރާމް ޗަރަންއާއި އުޕަސަނާގެ މިދަރިފުޅާއެކު ޢާއިލާއަށް އިތުރު އުފާވެރިކަމެއް ގެނެސްދީފިކަމަށް ބައްޕަ ޗިރަންޖީވިވަނީ ބުނެފައެވެ.
އެކްޓަރުގެ ސަޕޯޓަރުންގެ އިތުރުން ސައުތު ސިނަމާ އަދި ހިންދީ ސިނަމާގެ ގިނަބަޔަކުވަނީ މި ދެމަފިރިންނަށް މަރުހަބާ ކިޔާފައެވެ. އޭގެތެރޭގައި ރާމް ޗަރަންގެ ގާތް އެކުވެރިންކަމަށްވާ އެންޓީއާރް ޖޫނިއަ އަދި އައްލޫ އަރުޖުންވެސް ހިމެނެއެވެ.
ތެލުގޫ އިންޑަސްޓްރީގެހުރި އެންމެ ކާމިޔާބު އެކްޓަރު ރާމްއަކީ "އާރްއާރްއާރް"ގެ ކާމިޔާބީއަށްފަހު ހޮލީވުޑުގެ ހުށަހެޅުންތައް ލިބޭކަމުގެ ޚަބަރުވެސްވަނީ ފެތުރިފައެވެ. ރާމް ޗަރަން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ "އާރްއާރްއާރް"އަށްފަހު ރިލީޒްވި ތެލުގޫ ފިލްމު "އަޗަރްޔާ"އިންނެވެ.
މިފިލްމުގައި ރާމް އާއެކު ބައްޕަ ޗިރަންޖީވިވެސް މުހިއްމު ރޯލްއިން ފެނުނެވެ. މިއަހަރު ރިލީޒްވި ހިންދީ ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"ގެ ހާއްސަ ފެނިލުމަކުންވެސް އެކްޓަރުވަނީ ފެނިފައެވެ. ރާމް ޗަރަން އަންނަނީ "ގޭމް ޗޭންޖާ"ގެ ނަމުގައި އުފައްދާ ތެލުގޫ ޕޮލިޓިކަލް ތްރިލާއެއްގެ މަސައްކަތްކުރަމުންނެވެ. އެކްޓަރު މިހާތަން ކުޅުނު ހަމައެކަނި ހިންދީ ފިލްމު "ޒަންޖީރް"އަށް ލިބުނު ނެގެޓިވް ރިވިއުސްތަކާއެކުވެސް ރިލަޔަންސް ކުންފުނިންވަނީ ބޮޑު އަދަދަކާއެކު ފިލްމުގެ ކޮޕީރައިޓްސް ގަނެފައެވެ.