ހުޅުމާލޭގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ޓެކްސީ ޑްރައިވަރަކު މަރުވެއްޖެއެވެ.

އެނގިފައިވާގޮތުގައި މަރުވެފައި ވަނީ އުމުރުން 65 އަހަރުގެ ދިވެހި ފިރިހެން ޓެކްސީ ޑްރައިވަރެކެވެ. އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.

އެ އެކްސިޑެންޓްގައި މަރުވީ އަވަސް ރައިޑްގެ ޓެކްސީ ޑްރައިވަރެކެވެ. ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދާ ބްރިޖާ ދިމާލަށް ދަނިކޮށް ފުލުހުން ބަހައްޓާފައިވާ ޑިވައިޑަރުތަކެއްގައި ޖެހި އެކްސިޑެންޓް ހިނގީއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭ ފޭސް 1 ހިތިގަސް މަގު ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި އެތަނުން އެެއްކާރު ކޮންޓްރޯލްނުވެ ގޮސް ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމަށް މިއަދު ހަވީރު 5:47 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ އެކްސިޑެންޓްގައި ތިން މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އެތަނުން އެކަކު މަރުވެފައިވާކަން ހޮސްޕިޓަލުން ވަނީ ޔަގީންކޮށްދީފައެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި އަނެއް ދެ މީހުންނަކީ އަނެއް ކާރުގައި ތިބި ދެ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.