20 Jun 2023, 21:19
ޢީދު ބަންދާ ދިމާކޮށް އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދުވަސް ބަންދުވި ނަމަވެސް، އައިޖީއެމްއެޗްގެ ސްޕެޝަލިސްޓު އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.
ބޮޑު ޢީދާ ދިމާކޮށް އަންނަ ހަފްތާގެ އާދިއްތަ އަދި ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓު އޯޕީޑީ ޚިދުމަތްތަކާއި ކްލިނިކަލް ޚިދުމަތްތައް އެ ދެ ދުވަހުގެ އިތުރުން ޖުލައި މަހުގެ އެއް ވަނަ ދުވަހު ވެސް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އައިޖީއެމްއެޗުން ބުނީ ހައްޖު ދުވަހާއި އީދުު ދުވަސް އަދި ޖެހިގެން އަންނަ ދުވަހު އެ ހިދުމަތްތައް ބަންދު ވާނެ ކަމަށެވެ.
ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ހިދުމަތްތައް ބަންދުވާނެ ދުވަސްތައް:
27 ޖޫން 2023 - ހައްޖު ދުވަސް
28 ޖޫން 2023 - އަޟްހާ ޢީދު ދުވަސް
29 ޖޫން 2023 - އީދު ދުވަހުގެ މުނާސަބަތުގައި
އައިޖީއެމްއެޗުން ބުނީ ބަންދު ދުވަސްތަކުގައި އޯޕީޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑުނު ނަމަވެސް، ޓްރޯމާ އަދި އިމަޖެންސީގެ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށެވެ.