19 Jun 2023, 20:27
ޕީޕީއެމްއާ އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް ނެތްކަމަށް ބުނެ އެ ޕާޓީން ވަކިވި، އަހުމަދު ޢާލިބް އެމްޑީޕީއާ ގުޅިއްޖެއެވެ.
މިކަން ހާމަކޮށް ޣާލިބް ކުރި ޓުވީޓެއްގައި ވަނީ، އޭނާ އެމްޑީޕީއާ ގުޅުނީ އާއިލާގެ ގިނަ މެމްބަރުންނާއި އޭނާގެ އުފަން ރަށް ހއ. ވަށަފަރަށް ނިސްބަތްވާ ޕީޕީއެމްގެ ގިނަ ބަޔަކާ އެކު ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ތާއިދު ކުރާކަން ހާމަކޮށް އޭނާގެ ޓުވީޓުގައި ވަނީ ރައީސްއަކީ ހަގީގީ ލީޑަރެއްކަން އަމަލާއި ބަހުން ހާމަކޮށްދީފައި ވާކަމަށެވެ. އަދި ރައީސްއަށް ދެވަނަ ދައުރެއް ދޭން އޭނާ ތާއީދު ކުރާކަން ވެސް ހާމަކޮށްފައި ވެއެވެ.

ޣާލިބް އެމްޑީޕީއާ ގުޅުމުން އެ ޕާޓީގެ ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ޕީޕީއެމް އިން ވަކި ވުމުގެ ކުރިން ޣާލިބަކީ އެ ޕާޓީގެ ކެލާ ދާއިރާ ރައީސް އަދި އެ ޕާޓީގެ ސެނެޓު މެމްބަރެކެވެ.