ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމަ ކޮށްފައެއް ނުވެއެވެ.

މިއީ މި އަހަރު ރައީސް ސިންގަޕޫރަށް ކުރެއްވި ދެވަނަ ދަތުރުފުޅެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު ވެސް އެމަނިކުފާނު ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވާފައިވެއެވެ. އެ އޮޕަރޭޝަން ފެބްރުއަރީ މަހުގެ 25ގައި ކުރެއްވުމަށް ފަހު ރައީސް އެނބުރި ވަޑައިގަތީ މިދިޔަ އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހެވެ.