ދިވެހި ރާއްޖޭގެ ސަލާމަތީ ބާރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ރަސްމީ ވެބްސައިޓް ހެކްކޮށްފިއެވެ.

އެ ވެބްސައިޓުން ފެންނަން ހުރީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު ހިޓްލަރާއި އޭނާގެ ވާގިވެރިންތަކެއް "ނާޒީ ސްވަސްތިކާ" ޖަހާފައިވާ ޔުނީފޯމެއްގައި ތިބި ފޮޓޯތަކެކެވެ. ތިރީގައި ލިޔެފައިވަނީ ހިޓްލަރަށް ސަނާކިޔުމުގެ ގޮތުން އޭރު ކިޔައި އުޅުނު "ހައިލް ހިޓްލާ"އެވެ.

މިކަމާ ގުޅިގެން ސިފައިންގެ މީޑިއަ އޮފިޝަލަކު ވިދާޅުވީ، ވެބްސައިޓަށް މައްސަލައެއް ކުރިމަތިވެފައި ވާކަމަށެވެ. އަދި އެކަން ބަލާ ކަމަށެވެ. ނަމަވެސް، ވެބްސައިޓު ވަނީ ހެކްކޮށްފައި ކަން ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެންޑީއެފް ގެ ވެބްސައިޓުން ހިޓްލަރުގެ ފޮޓޯތައް މިހާރު ފެންނާކަށް ނެތެވެ.

އެމްއެންޑީއެފް ވެބްސައިޓު ހެކްކޮށްފައި

އާންމު ކަމެއް ނޫން ނަމަވެސް، ސަރުކާރު ވެބްސައިޓުތައް ދޭތެރެ ދޭތެރެއިން ހެކް ކުރެއެވެ.