އިލެކްޓްރޯނިކްސް އަދި ގެޖެޓް ވިއްކާ މަޝްހޫރު އައިއެމްޓެކުން ރާއްޖޭގެ އެންމެބޮޑު އެއް އޮންލައިން މާކެޓް، އުރީދޫގެ މޫލީއާ ގުޅިއްޖެއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫއިން ބުނީ، އައިއެމްޓެކާ ގުޅުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ހެޔޮ އަގެއްގައި، އެކި ވައްތަރުތަކުގެ އިލެކްޓްރޯނިކްސް އާއި ގެޖެޓް ފޯރުކޮށްދީ، ފަސޭހަކަމާއެކު އެ ތަކެތި ގަނެވޭނޭ ގޮތާއި، ތަކެތި ގަތުމަށް ފަހު ގެއާ ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުމެވެ.

އައިއެމް ޓެކުން ބުނީ އެ ފިހާރައިގެ މައިގަނޑު މަގްސަދަކީ ޒަމާނީ ޓެކްނޮލޮޖީ އެންމެންނަށް ތަޖުރިބާކުރެވޭނެ މަގުފަހިކޮށްދީ ބަޖެޓާ ރައްޓެހި އުފެއްދުންތަކެއްގެ އިތުރުން މަތީ ފަންތީގެ ޑިވައިސްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުން ކަމަށެވެ.

އުރީދޫއިން ބުނީ، އައިއެމް ޓެކްގެ ޕްރޮޑްކްޓްތަކާ އެކު މޫލީ މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ޓެކް ޑިވައިސްތައް ހެޔޮ އަގުގައި އެއްތަނަކުން ބައްލަވައިގަނެވޭނެ ކަމަށެވެ.

މޫލީން ތަފާތު ވައްތަރުގެ ސްމާޓްފޯނާއި ލެޕްޓޮޕުން ފެށިގެން ގޭމިން ކޮންސޯލްތަކާއި ގޭތެރޭގެ ސާމާނު ފަދަ ތަކެތި އެކި އަގުތަކުގައި މިހާރު ކޮންމެތާކު ކޮންމެ ވަގުތެއްގައި އޮންލައިންކޮށް ތަކެތި ގަނެވޭނެއެވެ. އަދި ގަންނަ ސާމާނު ގެއާ ހަމައަށް ޑެލިވާ ކޮށްލެވޭނެއެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކަސްޓަމަރުންނަށް ބޭނުންވާ ޑިވައިސްތައް ސީދާ ގޭދޮށަށް ޑެލިވަރީ ކޮށްދިނުމުގެ ފަސޭހަކަން މިހާރު ލިބިގެންދާނޭ ކަމަށް އުރީދޫއިން ބުނެއެވެ.

މޫލީ އާއި އައިއެމް ޓެކްގެ ޕާޓްނާޝިޕްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ގާތުން ފަސޭހަކަމައިއެކު އެހީތެރިކަން ފޯރުކޮށްދެވޭނޭ ކަމަށްވެސް އުރީދޫއިން ބުނެއެވެ.