30 Apr 2012, 15:32
އިރާން ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ނަބީ ޙައްސާނީ ޕޫރް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު އޮތް މިބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އީރާނާ ދެގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމުގައި އީރާން ސަރުކާރުން އަބަދު ވެސް ދެމުން ގެންދާ އެއްބާރުލުމަށްޓަކައި އީރާން ސަފީރަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސްގެ ނާއިބު މުހައްމަދު ވަހީދުއްދީނާއި މިނިސްޓަރު އޮފް ފޮރިން އެފާޒް ޑރ. އަބްދުއްސަމަދު އަބްދުﷲ އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޑރ. މުހައްމަދު އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.