16 Jun 2023, 17:14
ބޮޑު އީދާ ދިމާކޮށް، އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހުރިހާ ސަރަހައްދީ އެސްޓީއޯގެ އައުޓްލެޓްތަކުގައި އެ ޕްރޮމޯޝަން ފަށާފައި ވަނީ އިއްޔެއެވެ. އަންނަ މަހުގެ 31ގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އެސްޓީއޯގެ އީދު އޮފާގައި ހިމެނޭ ޕްރޮޑަކްޓްތައް ގަތުމަށް ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ.
އެ ޕްރޮމޯޝަނުން ލިބޭ އިނާމުތަކަކީ:
- އެއްވަނައަށްދާ ފަރާތަކަށް ހިޓާޗީ ފްރިޖެއް
- ދެވަނައަށްދާ ފަރާތަކަށް އެލްޖީ ޑިޝްވޮޝާއެއް
- ތިންވަނައަށްދާ ފަރަތަކަށް 2000 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކްސް އައިޓެމްސް
އެސްޓީއޯ އީދު އޮފާ 2023، އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހުޅުމާލެ ފިހާރަ އާއި އިތުރު 10 ސަރަހައްދެއްގައި ހުންނަ އެސްޓީއޯ ފިހާރަތަކުގައި ކުރިއަށްދާނެއެވެ.