މާލޭ ގެއެއްގައި ކައްކާ ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.

ހާދިސާ ހިނގައިފައިވަނީ މއ. ގުލާބީގޭގެ ފަސްވަނަ ފަންގިފާލާގެ އެޕާޓްމަންޓެއްގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގިކަމުގެ ރިޕޯޓު ލިބިގެން އެމްއެންޑީއެފް ފަޔާ ރެސްކިއު ޓީމުން މިހާރު އެ ތަނުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

އެމްއެންޑީއެފްއިން ކުރި ޓްވީޓެއްގައިވާ ގޮތުން އެ ހާދިސާ ހިނގީ، ގޭސް ލީކުވެފައިވާ ހުއްޓާ އުނދުން ރޯކުރުމުން އަލިފާން ރޯވެގެންނެވެ.

އެ ހާދިސާގައި 35 އަހަރުގެ އަންހެނަކަށް ނޭވާލާން އުނދަގޫވެގެން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.