މައިލޯ އިންޓަ ސުކޫލް ވޮލީ މުބާރާތުގެ 19 އަހަރުން ދަށުންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ށ. އަތޮޅު ތައުލީމީ މަރުކަޒު ހޯދިއިރު، މިބައިގެ އަންހެން ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހޯދައިފި އެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ށ. އަތޮޅު ތައުލީމީ މަރުކަޒު ހޯދީ ފައިނަލުގައި އިއްޔެ ސީއެޗްއެސްއީއާ ބައްދަލުކޮށް، ތިން ސެޓް އެއް ސެޓުނެނެވެ.

ޒުވާނުންގެ މަރުކަޒުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް 25-20 ކާމިޔާބުކުރީ ސީއެޗްއެސްއީއެވެ. އަދި ދެ ވަނަ ސެޓް 25-19 ށ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރިއިރު، ތިން ވަނަ ސެޓް ށ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ 25-15 އިންނެވެ. އަދި މެޗުގެ ފަހު ސެޓް ށ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބު ކުރީ 25-20 އޮނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޝައުކަތު ޝާމެވެ.

މުބާރާތުގެ ފިރިހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ހުސެއިން އަޒްމީ އާއި ސީއެޗްއެސްއީގެ އަސްޖައު އަބްދުﷲ އާއި ފ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ޝާހިން އާއި ސީއެޗްއެސްއީގެ މުހައްމަދު ޝަހީމް އާއި ށ. އަތޮޅު ތައުލީމީ މަރުކަޒުގެ އަލީ ފާއިގް އަދި ޝައުކަތު ޝާމްއެވެ.

މިމުބާރާތުގައި އިއްޔެ ކުޅުނު އަންހެން ބައިގެ ޗެމްޕިއަންކަން ވިލާ ހައި ސުކޫލުން ހޯދީ ފައިނަލުގައި ގަލޮޅު މަދަރުސާއާ ވާދަކޮށް 3-1 ސެޓުންނެވ.

މެޗުގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާގޮތަށް ބަލާއިރު، ފުރަތަމަ ސެޓް 25-21 އިން ކާމިޔާބު ކުރީ ވިލާއެވެ. ދެ ވަނަ ސެޓް 25-17 އިން ވިލާ ކާމިޔާބުކުރިއިރު، ތިން ވަނަ ސެޓް 25-19 އިން ކާމިޔާބު ކުރީ ގަލޮޅުމަދަރުސާއެވެ. އަދި ފަހު ސެޓް 25-23 އިން ކާމިޔާބު ކުރީ ވިލާއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ވިލާހައި ސުކޫލްގެ ފާތުމަތު ރާނިޔާއެވެ. އަދި އަންހެން ބައިގެ އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ގަލޮޅު މަދަރުސާގެ ސަމާހަތު އަބްދުލް މަސީހާއި ހަމަ އެސުކޫލްގެ މަރިޔަމް އަޒީފާ އާއި ވިލާގެ ފާތިމަތު ރީމާ މުހައްމަދާއި ހަމަ އެސުކޫލްގެ ހައްވާ މުޒްނާ އާއި ފާތިމަތު ރާނިޔާ އަދި ސީއެޗްއެސްއީގެ ފާތިމަތު ޝަފާ ހުސެއިނެވެ.

އަދި މިމުބާރާތުގެ ދެ ޖިންސް އެއްކޮށް ހޮވި އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވިލާ ހައި ސުކޫލްގެ ސިނާން ހުސެއިނެވެ.