ސިވިލްސާވިސް ކޮމިޝަނުން ހުސްވެފައިވާ ގޮނޑިއަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސުޕްރިންގްޑެންޓް، ހ. ވައިޓްޑަޔަމަންޑް ޖަމީލާ އަލީ ހާލިދު މިއަދު ރައްޔިތުންގެ މަޖިލީހުން ހޮވައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން ޖަމީލާ އަލީ އަށް، 61 މެންބަރުން ތިއްބެވި ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ.

ރަސީއެސްސީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރަކަށް ވަޑައިގަތުމުން ސީއެސްސީގެ ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލެއްވި ނުވަ ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން އިންޓަވިއުކުރުމުން އެންމެ މަތީން މާކްސް ހޯއްދަވާފައި ވަނީ ވެސް ޖަމީލާ އަލީ އެވެ. އޭނާ އަށް 85.63 ޕަސެންޓް ލިބިފައިވެ އެވެ.