ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނުރަސްމީ ދަތުރުފުޅެއްގައި މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ދަތުރުފުޅަށް ފަހު ރައީސް އެނބުރި ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

މި ދަތުރުފުޅުގެ އިތުރު ތަފުސީލެއް ރައީސް އޮފީހުން ހާމަނުކުރެއެވެ.

މިއީ މިއަހަރު ރައީސް ސިންގަޕޫރަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހު ވެސް އެމަނިކުފާނު ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

ރައީސްގެ ދެކަނބަލުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސްގެ ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވާފައިވެއެވެ. އެ އޮޕަރޭޝަން ފެބްރުއަރީ މަހުގެ 25ގައި ކުރެއްވުމަށް ފަހު ރައީސް އެނބުރި ވަޑައިގަތީ މިދިޔަ އަހަރުގެ މާޗު މަހުގެ ހަޔެއްގައެވެ.