އެކަކު އަނެކަކަށް އިހުތިރާމް ކުރުމެއްނެތި ޑިމޮކްރަސީ އާލާ ނުކުރެއްވޭނެ ކަމަށް ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މަދަނީ ތައުލީމުގެ ގައުމީ ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ 2008 ވަނައަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ވެރިކަން ބަދަލުވުމާއެކު ރާއްޖެއަށް ޑިމޮކްރަސީ އައިކަމަށް ގަބޫލްކުރެވި ކުރިން އެހީތެރިވަމުން އަންނަ ފަރާތްތަކުން ދޭ އެހީތަށް ހުއްޓިފައިވާކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ އައިކަމަށް ބަލައި އެކަން ނިންމާލުމުގެ ސަބަބުން ދުވަހަކަށް ފަހު ދުވަހެއް ޑިމޮކްރަސީގެ އަސާސްތައް މުގުރެމުން ގޮސް ޑިމޮކްރަސީގެ އެންމެ މުހިންމު އުސޫލްތައް މިހާރު އޮޅިފައިވާކ ަމަށެވެ.

"އެންމެ ފުރަތަމަ ކަމަކީ އެއީ އެކަކު އަނެކަކުގެ މިނިވަން ކަމަށް އިހުތިރާމް ކުރުން ޑިމޮކްރަސީ އެއް ގާއިމެއް ނުކުރެވޭނެ އިހުތިރާމެއް ނެތިއެއް. އެކަމަކު މިއަދު އަޅުގަނޑުމެންގެ ހާލަތު އޮތްގޮތަކީ އަޅުގަނޑުމެން ގެ އެންމެ އިސްކޮށް ތިއްބެވި ބޭފުޅުން މިދައްކަނީ ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތަތާކއި ވަރަށް ތަފާތު މަންޒަރުތަކެއް. އަޅުގަނޑުމެން ޅަދަރިންނަށް ދައްކަނީ މުޅިން ވަރަށް ތަފާތު މަންޒަރުތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ މާއްދީ ފައިދާތައް ބަޔަކަށް ހޯދައިދިނުމުގައި ދައުލަތުގެ ފަޅުރައްތަކާއި ބިންބިން ނުހައްގުން ބަޔަކަށް ލިބޭނެ ކަމުގެ ޔަގީން ކަން ދީފައިވާ ބަޔަކު މިއަދު ތިބިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަން ރަނގަޅަށް އަދުލުވެރިކަމާއި އެކު ނުކުރެވޭނެ ކަން އެގުމުން އުފެދިފައިވާ ފަސާދަ މިއަދު ވެސް އަޅުގަނޑުމެންގެ ތެރޭގައި އޮތްކަން ފާހަކުރައްވައި ފުރަތަމަ ކުރން ޖެހޭކަމަކީ މުދާ ވެރިކަމާއި މާއްދީ ގޮތުން އެކަކު އަނެކަކަށް ލިބޭ ހައްގުތަށް އިންސާފުން ލިބިދިނުންކަން ފާހަގަކުރެއްވި އެވެ.

"ދައުލަތުގެ ފަރާތުން ދޭ ޕްރޮޖެކްޓްތަކާއި މަސައްކަތްތައް ހަވަލުކުރާއިރު އަދުލުވެރިކަމާއި އިންސާފު ވެރިކަމާއި އެކު ކަންކަން ކުރުން . ހާމަގޮތެއްގައި އެންމެންނަށް ފެންނަ ގޮތެއްގައި އެކަންކަން ކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަޅުގަނޑުމެން އެންމެންނަކީ ޤާނޫނާއި ގަވާއިދަށް ބޯލަނބާ ބަޔަކަށްވާން ޖެހޭކަމަށާއި އަދި ގާނުނޫގެ ބަސް ހުރިހާ އެންމެންވެސް އަހަން ޖެހޭ ކަމަށާއި މަދަނީ ކެމްޕޭނުގެ ދަށުން ކުރާ މަސައްކަތުގައި، މީހުންގެ ވިސްނުމާއި ސިކުނޑި ބަދަލުކުރުމަށްޓަކައި ދެވޭ ތަޢްލީމާއި، ދިރިއުޅޭ ވެށްޓަކީ ހުރިހާ ގޮތަކުން އަމާން ތަނަކަށް ހެދުމާއި، ކުޑަކުދިންނަށާއި ބޮޑެތިމީހުންގެ ޙައްޤުތައް އިންޞާފުވެރިކަމާއެކު ލިބިދިނުން ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

މަދަނީ ތަޢްލީމުގެ ޤައުމީ ކެމްޕޭން ހިންގަވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ޤައުމަށްޓަކައި އަމާން ވެށްޓެއް ޤާއިމް ކުރުމާއި، އިންސާނީ ކަރާމާތް ޙިމާޔަތް ކުރުމާއި، މަދަނީ ޖަމްޢިއްޔާތަކުގެ ކަންކަން ކުރިއެރުވުމާއި ޙަރަކާތްތެރި ކުރުވުމާއި، މަޢުލޫމާތުގެ ޙައްޤު ހޯދައި ލިބިގަތުމާއި، ފުލުހުން ޒިންމާދާރު ކުރުވުމާއި، ރައްޔިތުން ޒިންމާދާރު ކުރުވުން ހިމެނެއެވެ.