30 Apr 2012, 12:00
އަމިއްލަ ދަނޑުގައި ރޭ ސެވިއްޔާ އަތުން 3-0 ލަނޑުން މޮޅުވެ، ސްޕެނިޝް ލީގް ކާމިޔާބު ކުރުމަށް ރެއާލް މެޑްރިޑް އެންމެ ތިން ޕޮއިންޓާ ގާތަށް ޖެހިލައިފި އެވެ.
ރޭގެ މޮޅާއެކު ލީގުގެ އެއް ވަނައިގައި 91 ޕޮއިންޓާއެކު ރެއާލް މިވަގުތު އޮތް އިރު، ލީގު މުޅިން އެޓީމަށް ކަށަވަރު ވަނީ ބާކީ އޮތް ތިން މެޗުން، ތިން ޕޮއިންޓު ކަށަވަރު ކުރެވުނީ މައެވެ. އަދި ލީގުގެ ދެވަނައިގައި މިވަތުގު އޮތް ވާދަވެރި ބާސެލޯނާ އޮތީ 84 ޕޮއިންޓައެކު އެވެ.
ސްޕެނިސް ލީގް އެންމެ ފަހުން ރެއާލްއިން ކާމިޔާބު ކުރީ މީގެ ހަތަރު އަހަރު ކުރިންނެވެ.
ރޭގެ މެޗުގައި ސެވިއްޔާގެ ގޯލް ރެއާލްއަށް މެޗުގެ 19 ވަނަ މިނެޓުގައި ހުޅުވައިދީ، މެޗުގެ ލީޑް އެޓީމަށް ނަގއި ދިނީ ރެއާލްގެ އަގު ބޮޑު ފޯވާޑް، ޕޯޗިގަލްގެ ކުރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި ސެވިއްޔާ ކޮޅަށް ޖެހި ރެއާލްގެ އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒީމާއެވެ.
ރޭގެ މެޗަށް ފަހު ފޯވާޑް ރޮނާލްޑޯ ބުނީ، ސްޕެނިޝް ލީގް ހޯދުމަށް ރެއާލްއިން ކުރަމުންއަންނަ މަސައްކަތުގެ ނަތީޖާ ރޭގެ މޮޅާއެކު ފެނިއްޖެ ކަމަށާއި އަދި ރޭގެ މެޗުގައި ޓީމްގެ ހުރިހާ ކުޅުންތެރިން ދެއްކި ކުޅުމަކީ ހިތް ހަމަޖެހޭ ވަރުގެ މޮޅު ކުޅުމެއް ކަމަށެވެ.
ސްޕެނިސް ލީގުގައި ރެއާލް ދެން އެންމެ އަވަހަށް ވެސް ކުޅޭ މެޗުގައި ނިކުންނާނީ އަންނަ ބުދަ ދުވަހުގެރޭ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ. އަދި އެމެޗުން މޮޅުވެއްޖެ ނަމަ މިފަހަރުގެ ލީގް ރެއާލްއަށް ލިބުނީ އެވެ.