12 Jun 2023, 23:38
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން އުފައްދަން މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކުރެޓްސް ޕާޓީގެ ޖަހަގައަށް މިރޭ ކަޅުތެޔޮ ޖަހައިފިއެވެ.
ސައިކަލެއްގައި ދިޔަ ބަޔަކު މިކަން ކޮށްފައިވަނީ އާޓިފިޝަލް ބީޗް ކުރިމަތީ ހުންނަ ޑިމޮކްރެޓުންގެ ޖަގަހައިގައި ބައްދަލުވުމެއް ކުރިއަށްދަނިކޮށެވެ. ސައިކަލްގައި ދިޔަ މީހުން ކަޅުތެޔޮ ޖެހި ވަގުތު އެތަނުގައި ތިބި މީހުންގެ ގަޔަށް ވެސް ބުރާފައިވެއެވެ.
މިކަމާއި ގުޅިގެން ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދު ޝިފާޒްޓްވިޓާގައިވިދާޅުވީ އެގޮތަށް އެއްލާ ކަޅުތެޔޮ ކޮތަޅަކުން ފަހަތަށް ނުޖެހޭނޭކަމަށެވެ. ޝިފާޒް ކަޅުތެޔޮޖެހުން ސިފަކުރެއްވީ ފިނޑި އަމަލެއްގެ ގޮތުގައެވެ.

ދަ ޑިމޮކްރެޓްސް އެއްވުމަށް ކަޅުތެޔޮޖެހުން-- ފޮޓޯ/ ސޯޝަލް މީޑިއާ
ކޮންބައެއްކަން ނޭނގޭބަޔަކު ޑިމޮކްރެޓްސްގެ މައި ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވާއިރު، އެ ވަގުތު އެތަނުގައި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފް ވެސް ހުންނެވިއެވެ. އޭނާގެ ހެދުންކޮޅަށް ވެސް ކަޅުތެޔޮ ބުރާފައި ހުއްޓެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ގަޔަށް ކަޅުތެޔޮ ބުރާފައި--- ފޮޓޯ/ ސޯޝަލް މީޑިއާ
މި މައްސަލައިގައި ޑިމޮކްރެޓްސް ޕާޓީގެ ފަރާތުން ރަސްމީ ބަހެއް އަދި ނުލިބެއެވެ.