ހައްޖަށްދާ މީހުން އެއާޕޯޓަށް ގެންގޮސްދިނުމުގެ މަސައްކަތް އާބަންކޯއިން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އާބަންކޯއިން ބުނީ، މި އަހަރު ރާއްޖެއިން ހައްޖަށް ދާ މީހުންގެ ދަތުރުގައި އެހީތެރިވުމަށް އަރބަންކޯއިން ދަތުރުވެރިން އެއާޕޯޓަށް އުފުލައިދިނުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށާފައި ވާކަމަށެވެ.

މި އަހަރު ހައްޖުގެ މާތް އަޅުކަމަށް ރާއްޖެއިން ފުރާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް އެ ފަރާތްތަކުގެ ލަގެޖާއި، ދަތުރުވެރިން އެއާޕޯޓަށް ގެންގޮސްދިނުމުގެ ޚިދުމަތް އާބަންކޯއިން ދެމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް، އަލްމަނާސިކް އަދި އަލްހަރަމައިން ގެ ހައްޖުވެރިންނާއި ލަގެޖު އެއާޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އާބަންކޯއިން ހައްޖާޖީންގެ ފޮށިތައް އެއާޕޯޓަށް އުފުލައިދޭން ފެށުން--

އާބަންކޯއިން ބުނީ، ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައި ދަތުރު ހަމަޖައްސައިދެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އާބަންކޯއިން ބުނެއެވެ.

ހައްޖަށްދާ މީހުން މިއަދު ފުރަން ފަށާފައިވާއިރު، ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިން ގެންދަނީ ޖުމްލަ 3 ދުވަހުއެވެ. އޭގެ ތެރޭގައި މިއަދު 243 ހައްޖުވެރިން އަދި 16 ވަނަ ދުވަހު އާއި 19 ވަނަ ދުވަހު 243 ހައްޖުވެރިން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ދީފައިވަނީ 90 ފުރުސަތެވެ.