12 Jun 2023, 20:48
މާލޭގެ ފިހާރައަކުން ކޯސްޓް ކިރު ކޭހެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްދީފައެވެ.
ކޯޓުގައި އެ މީހާ ވަނީ ކޯސްޓު ކޭސް ވަގަށް ނެގި ކަމަށް އިއުތިރާފުވެފައެވެ. އަދި ބަލި ހާލަތު ހުރި ގޮތުން ވަކީލަކު ހަމަޖެއްސިފައިނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި މައްސަލައިގައި ފުލުހުން ވަނީ އެ މީހާ ކޯސްޓް ކޭހެއް ވަގަށް ނަގައިގެންދާ މަންޒަރު ދައްކުވައިދޭ ކަމަށް ބުނާ ސީސީޓީވީ ފުޓޭޖު ވެސް ކޯޓަށް ހުށަހަޅާފައެވެ.
ފުލުހުންނަށް އެންމެ އާންމުކޮށް ރިޕޯޓުކުރާ މައްސަލަތަކުގެ ތެރޭގައި ވައްކަމުގެ މައްސަލަތައް ހިމެނެއެވެ.