05 Aug 2010, 16:03
20:30
ތ.އަތޮޅުން މަހަށް ނުކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއަކު އެ ދޯނީގެ ވަތުތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ އޮމަދޫ "ރަޙުމަތު" ނަމަކަށް ކިޔާ ދޯނީގެ ވަތުތެރޭގައި، އޮމަދޫ ފުފޫމާގޭ އުމުރުން 31 އަހަރުގެ ޙުސައިން ޝާކިރު މަރުވެފައި އޮތްކަން އެނގުނީ އެއަތޮޅު ފޮންދޫ ކިޔާ ފަޅުރަށެއްގެ ކައިރީގައި އަޅައިގެން އެންމެން ނިދުމަށްފަހު، ދޯނީގެ މީހުން ފަތިހު އެންހިފަން ދިއުމަށްޓަކައި ތެދުވިއިރު ޝާކިރު ވަތުތެރެއަށް ވެއްޓިފައި އޮއްވާ ފެނުމުން ކަމަށެވެ.
ޝާކިރު ވަތުތެރޭގައި އޮއްވާ ފެނުމާއެކު އޮމަދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި އަދި އެ މަރުކަޒަށް އޭނާގެ ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެ އެވެ.