11 Jun 2023, 22:56
މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މިދިޔަ އަހަރު ކުރިޔަށްގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލުުކޮށްފައި ވަނީ އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓްގައި މިއަދު ބޭއްވި ހަފްލާއެއްއެއްގައެވެ.
ހެއްޔާ މުބާރާތުން އެއްވަނަ ހާސިލްކޮށް 50،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާ ހޯދީ ހަސަން ޝާހިދުއެވެ. އޭނާ ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ.
ދެވަނަ ހޯދީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިންމަނިކުއެވެ. ދެވަނަ އިނާމްގެ ގޮތުގައި ދީފައިވަނީ 30،000 ރުފިޔާގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗާއެކެވެ.
ތިންވަނަ ހޯދާ 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗާ ހާސިލްކޮށްފައިވަނީ މުހައްމަދު ރަޝީދެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލްއެކެވެ.
މި މުބާރާތުގެ ވަނަތައް ހޮވާފައި ވަނީ ފަނޑިޔާރުންގެ 70 ޕަސަންޓާއި އާއްމުންގެ 20 ޕަސަންޓު އަދި ހުށަހެޅި ވީޑިއޯއަށް 10 ޕަސަންޓު މާކްސް ދީގެންނެވެ.