ޖޫން 10 (ރޮއިޓާސް) - އިތުބާރު ކުރެވޭ ރައްކާތެރި ޚިދުމަތެއް ގޫގުލް ކްލައުޑުން ދެވިފައިވާ ނުވާ ކަމަށް ބުނެ ޓްވިޓާގެ ގޫގުލް ކްލައުޑް ބިލްތައް ދެއްކުމަށް ޓްވިޓާ އިން ދެކޮޅު ހަދައިފިއެވެ.

ޓްވިޓާއިން ގޫގުލް ކްލައުޑާއެކު ހަދާފައިވާ އެއްބަސްވުން މި މަހު އާކުރަން ހަމަޖެހިފައިވާއިރު، ޓްވިޓާއިން ގޫގުލްއަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އިންކާރު ކުރުމަކީ ޓްރަސްޓް އެންޑް ސޭފްޓީ ޓީމުތައް ބަނގުރޫޓުވެދާނެ ކަމެއް ކަމަށް ގޫގުލްގެ ޕްލެޓްފޯމާއިން ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

އެލޮން މަސްކް މިދިޔަ އަހަރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވިޓާ އަމިއްލަ ކުރެއްވުމުގެ ކުރިން ޓްވިޓާ އިން ގޫގުލްއާ އެކު އަހަރުތަކަކަށް ދެމިގެންދާނެ އެއްބަސްވުމެއްގައި ސޮއިކުރީ ސްޕެމް އާ ދެކޮޅަށް މަސައްކަތް ކުރުމާއި އެކައުންޓްތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުން ކަމަށް ޕްލެޓްފޯމާގެ ރިޕޯޓުގައި ވެއެވެ.

ކުންފުނިތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ޓްވިޓާގެ އިތުބާރު އަދި ސަލާމަތީ ޓީމުތަކަށް ހުރަސް އެޅިދާނެ ގޮތުގެ ތަފްސީލެއް ޕްލެޓްފޯމާ ރިޕޯޓުގައި ހާމަކޮށްފައެއް ނުވެއެވެ.

"ދަ އިންފޮމޭޝަން" އިން ބުނީ ޓްވިޓާއިން ގޫގުލްއާ އެކު ހަދާފައިވާ އެއްބަސްވުން އަލުން އާކުރުމުގެ މަޝްވަރާތައް މިދިޔަ މާޗްމަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

ޓްވިޓާގެ ސާވާގައި ޓްވިޓާގެ ބައެއް ހިދުމަތްތައް ހޯސްޓްކުރާއިރު އަނެއް ބައި ހިދުމަތްތައް ޓްވިޓާއިން އެމެޒޯން ގެ ކްލައުޑް ޕްލެޓްފޯމްތަކުގައި ވެސް ހޯސްޓު ކުރެއެވެ. އޭގެ އިތުރުން ގޫގުލް ކްލައުޑްގައި ވެސް ޓްވިޓާގެ ޚިދުމަތްތަކުގެ ބޮޑު ބައެއް ހޯސްޓު ކުރެއެވެ.

ގޫގުލްގެ ޕްލެޓްފޯމާއިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޓްވީޓާއިން އެމެޒޯން ކްލައުޑަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާތީ އެ ކުންފުނިން ޓްވިޓާއަށް ދެމުންދާ ޚިދުމަތްތައް ކަނޑާލާނެކަން މިދިޔަ މާޗްމަހު އެމެޒޯންއިން ޓްވިޓާއަށް އަންގާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކްލައުޑް ކޮމްޕިއުޓިންގެ ހިދުމަތަށް އެމެޒޯން ވެބް ސާވިސަސްއަށް ދައްކަންޖެހޭ ބިލްތައް ޓްވިޓާއިން ނުދައްކާތީ އިޝްތިހާރުގެ ފައިސާ ދެއްކުން ހުއްޓާލާނެ ކަމުގެ އިންޒާރު ވެސް އެމެޒޯން އިން މިދިޔަ މާޗް މަހު ޓްވިޓާއަށް ދީފައިވާ ކަމަށް އެމެޒޯންއާ ހަވާލާދީ އެ ރިޕޯޓްގައި ވެއެވެ.

މަސްކްގެ ބާރުގެ ދަށަށް ޓްވިޓާ ގެނައުމާ އެކު ޓްވިޓާ އިން ވަނީ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށް، އެތައް ހާސް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައެވެ. އަދި ހަމަ އެހެންމެ ކްލައުޑް ގެ ހިދުމަތަށް ކުރާ ހޭދަ ފަދަ އިންފްރާސްޓްރަކްޗާ ހަރަދުތައްވެސް އެއް ބިލިއަން ޑޮލަރަށް ކުޑަކުރަން މަސްކް އެ ކުންފުންޏަށް އަންގަވާފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު ރޮއިޓާސް އަށް މައުލޫމާތު ލިބިފައި ވާކަމަށް ރޮއިޓާސްއިން ބުނެއެވެ.

މި ވާހަކަތަކަށް ޓްވިޓާއިން އަދި ރަސްމީ ޖަވާބެއް ދީފައި ނުވާއިރު ގޫގުލް އާއި އީލޮން މާސްކް އާއި ދެމެދު މިފަދަ ނުތަނަވަސްކަމެއް އުފެދިފައިވާ ކަމުގެ އަސަރު ފާހަގަވެފައިވާ ކަމަށް އޮންލައިން ބައެއް ރިޕޯޓްތައް ވަނީ ބުނެފައެވެ.