11 Jun 2023, 20:48
ޗާންދަނީ މަގުގައި އިމާރާތްކުރާ ގެއެއްގެ މަތިން އެއްޗެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވީ އެ މަގުން ސައިކަލުގައި ދިޔަ މީހަކަށް ކަމަށެވެ. އެއީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެ ގާތްގަނޑަކަށް 15:37 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ މީހާއަށް އޭޑީކޭގައި ވަނީ ފަރުވާ ދީފައިވެއެވެ. އޭނާއާ ބެހޭ އިތުރު މައުލޫމާތެއް މިހާތަނަށް ނުލިބެއެވެ. ޱ