އޭޑީކޭ ހޮސްޕިޓަލުގެ ކޮޓަރި އަކުން ދެ ފޯނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ މީހެއްގެ މައުލޫމާތު އާންމުކޮށްފި އެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު، އޭޑީކޭ ހޮސްޕިޓަލުގެ 17 ނަމްބަރު ކޮޓަރިން ދެ ފޯނު ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަމުން އަންނަ މީހަކީ، ސ. ފޭދޫ ހަޒާރުމާގެ އަހުމަދު ނަސީމް 41، އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ އޭނާ ހައްޔަރު ކުރުމުގެ އަމުރު ކޯޓުން ދިނުމާ ގުޅިގެން ކަމަށެވެ.
އަދި ނަސީމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.