30 Apr 2012, 10:57
އެމްޑީޕީ މެމްބަރުންގެ ހިތްތަކަށް ނުތަނަވަސްކަން ގެނެސްދޭ ގޮތަށް ވާހަކަ ދައްކަވައި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރައްވަމުންދާ ކަމަށް ބުނެ، އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ.ޑީޑީ) އާއި ނާއިބު ރައީސް އަލްހާން ފަހުމީގެ އިތުބާރު އޮތްތޯ ބެލުމަށް ގައުމީ މަޖިލީސް މެންބަރުންގެ ވޯޓެއް ނަގަން ކަނޑައަޅައި މިއަދު އޮންނަ ގައުމީ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އެމްޑީޕީން ބުނީ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓުން ނެގުމަށް ހުށަހަޅަން ނިންމާފައި ވަނީ މިއަދު އޮންނަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ކުއްލި ބާއްދަލުވުމަށެވެ.
މިއަދު ހަވީރު 4 ޖަހާއިރު ދަރުބާރުގޭގައި ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 104 ވަނަ ބައްދަލުވުމަށް އެ ޤަރާރު ހުށަހަޅުއް ވާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ އަމީން އާންމު އަދި އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޙާމިދު ޢަބަދުލްޣަފޫރު ކަމަށާއި އެ ގަޜާރަށް ތާއީދު ކުރެއްވުމަށް ނިންމާފައި ވަނީ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ޒިޔާދު (ޒިޔައްޓޭ) ކަމަށް އެމްޑީޕީ އިން ބުންޏެވެ.
ނަމަވެސް ޕާޓީގެ ރައީސް ޑރ. ޑީޑީ ވިދާޅުވީ ޕާޓީގެ މެންބަރުންގެ ވޯޓުން އިންތިހާބު ވެފައި ހުންނެވި އެއްވެސް މަގާމެއް އުވާލުމުގެ ބާރު ގައުމީ މަޖިލީހުގެ ލިބިފައިނުވާ ކަމަށެވެ. އަދި ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އެއްވެސް އިރެއްގައި މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި ޕާޓީ ހިންގުމަށް ހުރި ހުރަސްތަކާ ބެހޭ ގޮތުން ބައެއް ވާހަކަ ދައްކާފައިވާނެ ކަމަށެވެ.
"އަޅުގަނޑު ނޯންނާނެ އެއްވެސް އިރެއްގައި ޕާޓީ މަސްލަހަތު ގެއްލޭ ގޮތަކަށް ވާހަކައެއް ދައްކާފައި. އަޅުގަނޑު ދެއްކި ވާހަކައެއް ދައްކަމުން ދަނީ ޕާޓީން ހިންގުމަށް ހުރަސް ހުރަސްތަކެއް ހުރި ނަމަ އެކަން ކަން." ޑީޑީ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ މަޖިލހަށް ހުށަހަޅާފައިވީ ނަމަވެސް އެ މައްސަލަ ގައުމީ މަޖިލީހުގައި ކުރިއަސް ގެންގޮސްފައެއް ނުވެ އެވެ.
ދާދިފަހުން އެމްޑީޕީން ހުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި ޑީޑީ ވާހަކަ ދައްކަވަނިކޮށް، ވަނީ އެ ތަނުން ކަރަންޓް ކަނޑާލައި ޑީޑީއަކީ ބާޣީއެކޭ ގޮވައި އެ ޕާޓީގެ ބަޔަކު ވަނީ ޑީޑީ އަށް ފުރައްސާރަކޮށް ހިއުމިލޭޓްކޮށްފަ އެވެ.