29 Apr 2012, 17:09
ދިރާގު އިންޓަނެޓް ހިދުމަތް ދިނުމަށް އަޅާފައިވާ ސަބްމެރީން ކޭބަލަށް ދިމާވި މައްސަލަ ހައްލުކޮށް، ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުގެ މާކެޓިން އެންޑް ޕީއާރު އިބްރާހިމް އިމްޖާދު ޖަލީލު މިއަދު ވިދާޅުވީ ކޭބަލަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރެވުނީ ދާދިދެންމެ ކަމަށާއި މިހާރު ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ
.
"ކޭބަލްގެ ހަލާކުވެފައިވާ ހިސާބުގެ ބަދަލުގައި މިހާރު ވަނީ އިތުރު ކޭބަލެއް ގުޅާފައި. މިހާރު ކުރަމުން ދަނީ ޓެސްޓުތައް ކުރުމުގެ މަސައްކަތް،" އިމްޖާދު ވިދާޅުވި އެވެ.
އިމްޖާދު އިތުރަށް ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ހިދުމަތް ދޭން ފެށޭނެ ކަމަށާއި މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
ދިރާގުން ބުނި ގޮތުގައި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައި ވަނީ ދިރާގުން ރާވާފައިވާ ގޮތުގެ މަތިން އެއްވެސް ތަފާތެއް ނެތި އެވެ.
ދިރާގުން ރާއްޖެ އާއި ސްރީލަންކާއާ ދޭތެރޭގައި އަޅާފައި އޮތް ސަބްމެރިން ކޭބަލް ބޯޓެއްގެ ނަގިއްްޔެއްގައި އަޅައިގަނެ، ކަނޑައިގެން ދިއުމުން ވަނީ އިންޓަނެޓްގެ ގުޅުންތަކަށް ބޮޑު ބުރުލެއް އަރައިފަ އެވެ.