ދުނިޔޭގެ އެންމެ ބޮޑު އެއް ވެންޗާ ކުންފުނި ކަމަށްވާ ސެކުއާ ކެޕިޓަލް އިން ޗައިނާ އާއި އިންޑިއާގެ ވިޔަފާރިތައް ވަކިކޮށް، ތިން ބަޔަކަށް ބަހާލަން ނިންމައިފިއެވެ.

ސެކުއާ ކެޕިޓަލް އިން އަންގާރަ ދުވަހު ހެނދުނު އިންވެސްޓަރުންނަށް އެންގީ އެ ކުންފުނީގެ ބައިނަލްއަގުވާމީ ޕާޓްނާޝިޕް ވަކި އަދި މިނިވަން ތިން ޖިއޮގްރަފިކް ޔުނިޓަކަށް ބަހާލާނެ ކަމަށެވެ.

އެގޮތުން ސެކުއާ ޗައިނާ އާއި ސެކުއާގެ ދެކުނު އިރުމަތީ އޭޝިއާގެ ހަތިޔާރުތައް އަންނަ އަހަރުގެ ތެރޭގައި މިނިވަން ވިޔަފާރިއަކަށް ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސެކުއާގެ ޕާޓްނަރުން ކަމަށްވާ ރޯއެލޯފް ބޯތާ، ނީލް ޝެން އަދި ޝައިލެންދުރަ ސިންގް ވަނީ ގުޅިފައިވާ ބަޔާނެއް މެދުވެރިކޮށް އެ މީހުންގެ ލިމިޓެޑް ޕާޓްނަރުންނަށް އަޕްޑޭޓް ފޯރުކޮށްދީފައެވެ. ބޯތާ އަކީ ސެކުއާގެ އެމެރިކާ އާއި ޔޫރަޕްގެ ވިޔަފާރީގެ މެނޭޖިން ޕާޓްނަރަކަށް ވާއިރު، ޝެން އާއި ސިންގް އަކީ ސެކުއާގެ ޗައިނާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ވިޔަފާރިތައް ހިންގަމުން އަންނަ ދެ ކުންފުންޏެވެ.

"އަޅުގަނޑުމެންގެ މިޝަން ކުރިއަށް ގެންދިއުމަށްޓަކައި ލޯކަލް ފަސްޓް އެޕްރޯޗް ފުރިހަމައަށް ބަލައިގަންނަން ނިންމީ،" ތިން ޕާޓްނަރުން އެ މީހުންގެ އިންވެސްޓަރުންނަށް ކިޔައިދިނެވެ.

އަދި 31 މާޗް 2024 ގެ ފަހުން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ޕާޓްނަރުން ބުނާއިރު، ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވެ، އެމެރިކާގެ ވިޔަފާރިތަކުން ޗައިނާގެ އިންވެސްޓްމަންޓާ އިދިކޮޅަށް ދަނީ ބޮޑު ބިރަކާ އެކު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕިޗްބުކްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާ އަޅާބަލާއިރު އެމެރިކާގައި ވެންޗާ އިންވެސްޓްމަންޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

އެމެރިކާގެ ރެގިއުލޭޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ބެލުމުގެ ދަށަށް އަންނަ ޓިކްޓޮކްގެ ބެލެނިވެރިޔާ ބައިޓްޑާންސަށް ސެކުއާގެ ޗައިނާ ވިންގުން ތަކުރާރުކޮށް ފައިދާހުރި އިންވެސްޓްމަންޓްތައް ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަންޑްރެއިޒިން އާއި އިންވެސްޓްމަންޓް އެޕްރޯޗްތައް ވިޔަފާރިތަކުގެ މެދުގައި ތަފާތުވެފައިވާ އިރު، ސެކުއާ ޗައިނާއިން އިންވެސްޓްމަންޓް ސްޓްރެޓެޖީ ގިނަ ފަންޑުތަކަކަށް ބަހާލަން ޚިޔާރުކުރިއިރު، ސެކުއާގެ އެމެރިކާ އާއި ޔޫރަޕްގެ ވިޔަފާރީގެ ކަންކަން ރީސްޓްރަކްޗާކޮށް ސެކުއާ ކެޕިޓަލް ފަންޑަށް ފޯކަސް ކުރި ކަން ފާހަގަވެފައިވެއިވެ.

"ލާމަރުކަޒީ އިންވެސްޓްމަންޓް ވިޔަފާރިއެއް ހިންގުމަކީ ވަރަށް ބޮޑަށް ކޮމްޕްލެކްސް ވެފައިވާ ކަމެއް،" އިންވެސްޓަރުންނަށް ފޮނުވި މެސެޖުގައި އެގްޒެކެޓިވްސް ލިޔުއްވާފައިވެއެވެ.

"ޝެއާޑް ސެކުއާ ބްރޭންޑްގެ އިތުރުން އެކި އެކި ކުންފުނިތަކުގެ ޕޯޓްފޯލިއޯ ކޯޅުންތަކުގެ ސަބަބުން މާކެޓުގެ އޮޅުންތައް އިތުރުވަމުން އަންނަތަން އަޅުގަނޑުމެންނަށް ފެނުނީ," އެބަޔާނުގައި ވެއެވެ.

އެޕަލް، ގޫގުލް (މިހާރު އަލްފަބެޓް) އާއި ޕޭޕަލް އަދި ޒޫމްގައި ފާހަގަކޮށްލެވޭ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ސެކުއާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ވެންޗާ ފަންޑެވެ.