ލޭބަ ރިލޭޝަންސް އޮތޯރިޓީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފުނަށް އަމާޒްކޮށްގެން "ލޭބަ އިންސްޕެކްޝަން ޓްރޭނިން" ޕްރޮގުރާމެއް ފައްޓައިފި އެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ފެއްޓި ފަސް ދުވަހުގެ ޕޮރްގުރާމަކީ ހިޔުމަން ރިސޯސަސް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އާ ގުޅިގެން ކުރިއަށްދާ ޕޮރްގުރާމެކެވެ.

އެ ޕްރޮގުރާމާ ބެހޭ ގޮތުން އައިއެލް ނޭޝަނަލް ޕްރޮޖެކްޓް ކޯޑިނޭޓަރު ޝާހިދާ އަބްދުއްރަހްމާނު މިއަދު ވިދާޅުވީ މި ޓްރޭނިން ޕޮރްގުރާމުގައި ލޭބާ ރިލޭޝަންސް އޮތޯރިޓީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުނަށް ލޭބަރުން އިންސްޕެކްޓް ކުރާނެ ގޮތާ ބެހޭ މައުލޫމާތުދީ އަމަލީ ގޮތުން ތަމްރީން ދެވޭނެ ކަމަށެވެ. އަދި އެ ޕްރޮގުރާމް ކުރިއަށްގެންދަނީ އައިއެލްއޯގެ ކޮންސަންޓަންޓް ސިވިނަންތިރަމް އަލަގަންދަމް ކަމަށާއި މި ޕްރުގުރާމް ކުރިއަށްދާނީ އިންޓަނޭޝަނަލް ލޭބަގެ އޮނިގަނޑުގެ މައްޗަށް ބިނާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.