ދުނިޔޭގެ އެންމެ އަގުބޮޑު ޓެކް ކުންފުނި އެޕަލްގެ ސީއީއޯ ޓިމް ކުކް ބޭނުންކުރައްވަނީ ޗެޓްބޮޓްގެ ޗެޓްޖީޕީޓީ ކަމަށާއި، އެޓެކްނޮލޮޖީއާ މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ގެނެސްދިން އިންޓަވިއުއެއްގައި އޭނާ އޭބީސީގެ "ގުޑް މޯނިން އެމެރިކާ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެޕަލް އިން މިއަދު އެ ކުންފުނީގެ ޕްރޮޑަކްޓްތަކަށް އޭއައި ވަރަށް ސާފުކޮށް އިންޓަގްރޭޓް ކުރާއިރު، އާޓިފިޝަލް އިންޓެލިޖެންސްގެ ގޮތުގައި އާންމުން އެ ފީޗާތަކާ މެދު ވިސްނަން ނުޖެހޭނެ ކަމަށާއި އެ ކުންފުނިން ޗެޓްޖީޕީޓީއަށް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ކުކް އިތުރަށް ވިދާޅުވީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އާއި ގޫގުލްގެ ބާޑް ފަދަ ޗެޓްބޮޓްތަކަށް ބާރުދޭ އޭއައި ޓޫލްސް ފަދަ ބޮޑެތި ލެންގުއޭޖް މޮޑެލްތަކުން ބޮޑު އިންގިލާބެއް ގެނެސްދޭ ކަމަށާއި ނަމަވެސް ބައެއް ހާލަތްތަކުގައި ގޯސް މައުލޫމާތެއް އެފަދަ ޓޫލަކުން ފޯރުކޮށްދީފާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެޕަލްގެ ސީއީއޯ ވަނީ ރެގިއުލޭޝަން އާއި ގާޑްރެއިލްއާ ބެހޭ ގޮތުން ވެސް އޭނާގެ ހިޔާލު ތައް ހުށަހަޅުއްވާފައެވެ. އޭއައި ރެގިއުލޭޓް ކުރަން ޖެހޭކަމަށް އޭނާވިދާޅުވި ނަމަވެސް އޭއައި އަކީ ބާރުގަދަ އަދި ޓެކްގެދާއިރާ ވަރަށް ބާރަށް ކުރިއަށްދާ މުހިންމު އެއްޗެއް ކަމަށް ކުކް ވިދާޅުވިއެވެ.

ކުކް ވިދާޅުވި ގޮތުގައި އޭއައިގެ ޢާއްމު ހާލަތަށް ބަލައިފިނަމަ އެއީ ނުރައްކާ ބޮޑުވެދޭނެކަމެކެވެ. އެހެންކަމުން ކުންފުނިތަކުން އަމިއްލަ އަށް ހަރުދަނާ ނިންމުންތައް ނިންމަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރެގިއުލޭޝަނަށް މިހާ އަވަހަށް ކުރިއަށްދާތީ މިކަމަށް ލިބޭ ކުރިއެރުމާ އެކު ވެސް މަޑުކުރަން އުނދަގޫވާނެ. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި އަމިއްލަ އަށް ރެގިއުލޭޓް ކުރުމަކީ ކުންފުނިތަކުގެ މައްޗަށްވެސް ލާޒިމް ކަމެއް," ކުކްގެ އިންޓަވިއުގައި ވިދާޅުވިއެވެ.

އޭއައިގެ ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ކުރިއެރުމާއި ވަރަށް ބޮޑު ބާރަކާ ބެހޭ ގޮތުން ކުކް މިހެން ވިދާޅުވެފައި މިވަނީ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން އާއި ޑީޕްމައިންޑްގެ ސީއީއޯ ޑެމިސް ހަސަބިސް އަދި އެންތްރޮޕިކް ސީއީއޯ ޑާރިއޯ އަމޯޑޭއީ ފަދަ ޓެކް ލީޑަރުން ސޮއިކުރައްވައި މިދިޔަ ހަފުތާގައި އޭއައިގެ ނުރައްކާތަކާ ބެހޭ ގޮތުން ހައި ޕްރޮފައިލް ބަޔާނެއް ދެއްވުމާ ގުޅިގެންނެވެ.

އޭއައިގެ ރިސާޗަރުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ އޭއައިގެ ބާރު ބޮޑުވެ، ނުރައްކާތަކާ ބެހޭ ގޮތުން ދައްކާ ވާހަކަތަކުގެ ސަބަބުން ހަގީގީ ދިރިއުޅުމަށް ލިބޭ ގެއްލުންތަކުން، ވަކި ގޮތެއް ކަނޑައެޅިފައި ނުވާތީ އަދިވެސް މުސްތަގުބަލުގައި އޭއައިގެ ނުރައްކަލުން މުޖުތަމައުތަކަށް ލިބިދާނެ ގެއްލުންތަކުން އެއްކިބާވާނެ އެއްވެސް މަގެއް ފެނިފައި ނުވާކަމަށެވެ.

އޭއައި އާ ބެހޭ ގޮތުން ޓިމް ކޫކް ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައިވާއިރު، އެޕަލްގެ އަހަރީ ޑިވެލޮޕަރު ކޮންފަރެންސް، ޑަބްލިއުޑަބްލިއުޑީސީގެ ކީނޯޓް ސްޕީޗްގައި އައިފޯން، އައިޕެޑް އަދި މެކްގެ މެޝިން ލާނިންގެ އާ އެޕްލިކޭޝަންތަކުގެ ތެރޭގައި، ޖާނަލް އެންޓްރީތަކަށް ސްމާޓް ޕްރޮމްޕްޓްތައް ދޫކުރެވޭނެ އޭއައި މޮޑެލްތަކާއި، މެސެޖިންގައި އޮޓޯކަރެކްޓް އަދި ޑިކްޓޭޝަނަށް ރަނގަޅު އޭއައި ޓޫލްސް އަދި ރައްޓެހިން ދެނެގަތުމަށް ފޭޝަލް ރިކޮގްނިޝަން ފީޗާތައް ހިމެނެއެވެ.