06 Jun 2023, 10:57
އެޕަލް އިން އުފައްދާ އެކުންފުނީގެ އަމިއްލަ އާ ޗިޕެއް އިއުލާން ކުރުމުން އިންޓެލްގެ ހިއްސާ ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.
އިންޓެލް ކޯޕަރޭޝަންގެ ހިއްސާތަކަށް ހޯމަ ދުވަހު މިހާ ބޮޑު ދަށްވުމެއް އައީ އެޕަލްގެ ކުރިއަށް އޮތް މެކް ޕްރޯ ކޮމްޕިއުޓަރުގައި އެކުންފުނީގެ އަމިއްލަ އާ ޗިޕެއް ޖަހާނެ ކަމަށް އެޕަލް އިން އިއުލާން ކުރުމާ ގުޅިގެންނެވެ. މި ފިޔަވަޅަކީ އެޕަލްގެ އަމިއްލަ ޕްރޮސެސަރުތައް މުޅި ޕީސީ ލައިނަޕް އަށް އިންޓަގްރޭޓް ކުރުމަށް ކުރާ މަސައްކަތް ފުރިހަމަ ވުމުގެ ނަތީޖާއެވެ.
އެމް2 އަލްޓްރާގެ ނަމުން ނަންދެވިފައިވާ މި އާ ޗިޕަކީ އިންޓެލް އަށް ބިނާކޮށް އުފައްދާފައިވާ އެންމެ އަވަސް މެކް ޕްރޯއަށް ވުރެ ތިން ގުނަ އަވަސް ޚާއްސަ ޕާފޯމަންސެއް ފޯރުކޮށްދޭނެ ޗިޕެކެވެ. އެޕަލްގެ ޑިރެކްޓަރު އޮފް އިންޖިނިއަރިން ޕްރޮގްރާމް މެނޭޖްމަންޓް ޖެނިފާ މުން ވަނީ ހޯމަ ދުވަހު ބޭއްވި އެ ކުންފުނީގެ ވޯލްޑްވައިޑް ޑިވެލޮޕަރު ކޮންފަރެންސްގައި އެމް2 އަލްޓްރާ އަކީ "ޗިޕްގެ މޮންސްޓަރެއް" ކަމަށް ބުނެފައެވެ.
އެޕަލް އިން ފުރަތަމަ ކަސްޓަމް ކޮމްޕިއުޓަރު ޗިޕްގެ ދާއިރާއަށް ވަދެފައިވަނީ 2020 ވަނަ އަހަރު އެމް1 ޗިޕް ތައާރަފް ކުރުމުންނެވެ.
އިންޓެލްގެ ކުރީގެ އެގްޒެކެޓިވް ގްރެގޯރީ ބްރައިއަންޓް ވަނީ 2021 ވަނަ އަހަރު ބޭއްވި އެވަރކޯ ކޮންފަރެންސްގައި އެޕަލްގެ ސިލިކަން ކުރިއެރުންތަކުގެ އަސަރު ކުރިކަން ގަބޫލުކޮށްފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި "އެޕަލް ސިލިކަން އަކީ ތަފާތު ވައްތަރެއްގެ ވާދަވެރިކަމެކެވެ. އެއީ ހަގީގަތުގައި ޑިވެލޮޕާ އިކޯސިސްޓަމް އާއި އައިފޯނާއި އައިޕެޑްގައި ހުރި ޑިވެލޮޕަރުންނާއި އެޕްލިކޭޝަންތަކުގެ މި ބޭސް އެއްކޮށްލައި މެކްއަށް ގެނައުމާ ބެހޭ ގޮތުން ކުރި ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޕަލްގެ ވާދަވެރިކަން އިތުރުވުމުގެ އިތުރުން އިންޓެލް އިން ދަނީ އޭއެމްޑީ އާއި އެންވީޑިއާގެ ވާދަވެރިކަމާ ވެސް ކުރިމަތިލަމުންނެވެ. ޕީސީ އަދި ޑޭޓާ ސެންޓަރު ޗިޕް ސެގްމަންޓުގައި އޭއެމްޑީން މާކެޓް ހިއްސާ ހޯދަމުން އަންނައިރު، އެންވީޑިއާގެ ޕްރޮސެސަރުތަކަށް ވަނީ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތައް ހިންގުމަށް މަގުބޫލުކަން ހޯދާފައެވެ.
ޓެކްނޮލޮޖީ އިންޑަސްޓްރީގެ ދިރާސާވެރިޔާ ގާޓްނާ ވިދާޅުވި ގޮތުގައި ފުރަތަމަ ކުއާޓަރުގައި ދުނިޔޭގެ ޕީސީ ޝިޕްމަންޓް މާކެޓް ހިއްސާގެ ގާތްގަނޑަކަށް %9 އެޕަލްގެ އަތުގައި އޮތެވެ. ނަމަވެސް ޖުމްލަ ޕީސީ އިންޑަސްޓްރީ ދަށްވަމުން އަންނައިރު، ޖުމްލަ ޝިޕްމަންޓްތައް އަހަރުން އަހަރަށް %30 ދަށަށް ގޮސްފައިވެއެވެ. އެޕަލްގެ މެކްގެ އާމްދަނީ އެންމެ ފަހުގެ ކުއާޓަރުގައި %31 ދަށްވެ 7.17 ބިލިއަން ޑޮލަރަށް ބޮޑުވެފައިވެއެވެ.
އެޕަލްގެ އިއުލާނާ ގުޅިގެން އިންޓެލްގެ ހިއްސާގެ އަގު %3.9 ގެ ބޮޑު ދަށްވުމެއް އައިނަމަވެސް އޭގެ ކުޑަ ވަގުތުކޮޅެއްފަހުން 30.09 ޑޮލަރަށް އަރާފައިވެއެވެ.
އެޕަލްގެ ކަސްޓަމް ޗިޕްތަކުގެ ބާރު ބޮޑުވުމާއި ސެމީކޮންޑަކްޓަރ އިންޑަސްޓްރީގެ ތެރޭގައި ވާދަވެރިކަން ވަރުގަދަވަމުންދާއިރު އިންޓެލްއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް މާކެޓްގައި ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.