06 Jun 2023, 10:42
ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާ "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންނިމޭ ގޮތް އަދި ކާސްޓުންނަށް ވެސް ނޭނގޭ ކަމަށް ބައެއް އެކްޓަރުން ހާމަކޮށްފިއެވެ.
ނެޓްފްލިކްސްގެ އެންމެ ބޮޑު އެއް ޝޯ ކަމަށްވާސްޓްރޭންޖާ ތިންގްސް މިހާރު އަންނަނީ ނިމުމަކާ ގާތް ވަމުންނެވެ. ޝޯގެ ފަހު ސީޒަން ސްކްރިޕްޓުގެ މަސައްކަތް ނިމި ޝޫޓިންތައް ވަނީ ފެށިފައެވެ. މިހާރު އެމެރިކާގައި ކުރިއަށްދާރައިޓާސް ސްޓްރައިކް ނުވަތަ ލިޔުންތެރިންގެ ހަޅުތާލާ ގުޅިގެންޝޯގެ ޕްރޮޑަކްޝަން ވަނީ މި ވަގުތަށް ހުއްޓާލާފައެވެ.
ޕްރޮޑަކްޝަންގެ މަސައްކަތް މެދުކަނޑާލާފައިވާ ނަމަވެސް ޝޯގެ ސްކްރިޕްޓުގެ ބޮޑު ބައެއް ވަނީ ކާސްޓަށް ދީފައެވެ. އެހެންނަމަވެސް ޝޯ ނިމޭ ގޮތުގެ ސްކްރިޕްޓު އަދި ކާސްޓުންގެ އަތަށް ލިބިފައެއް ނުވެއެވެ.
ސްޓްރޭންޖާ ތިންގްސްގެ އާ ސީޒަން އަކީ ފުރަތަމަ ސީޒަންގެ ޑައިނަމިކް ފެންނާނެ ސިޒަނެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. "ކޮލައިޑާ"އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޝޯގެ ހުރިހާ އެޕިސޯޑެއް އަދި ކިޔައި ވެސް ނުނިމޭ ކަމަށެވެ. ޝޯ ނިމޭ ގޮތް ގިނަ އެކްޓަރުންނަށް ނޭނގޭއިރު އޭނާއަށް އަދި ސްކްރިޕްޓު ކިޔުނީ ފުރަތަމަ ތިން އެޕިސޯޑް އެކަނި ކަމަށް ފިން ބުންޏެވެ.
ފިން އަކީ ޝޯގައިމައިކް ވީލާގެ ކެރެކްޓަރުން ފެންނަ އެކްޓަރުންނެވެ. ޝޯގެ އިތުރު ރޯލުތަކުން ފެންނާނީ މިލީ ބޮބީ ބްރައުން އާއި ނޯއާ ޝްނެޕްސް އާއި ކޭލެބް މެކްލޯގްލިން އާއި ގޭޓެން މެޓަރާޒޯ އާއި ވިނޯނާ ރައިޑާ އަދި ވިލް ހާބާ އެވެ.
ސްޓްރޭންޖާ ތިންގްސްގެ ފަހު ސީޒަން ނުވަތަ ފަސްވަނަ ސީޒަންގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. މި ޝޯގެ ފަހު ސީޒަން އާންމުންނަށް ފެންނާނެ ކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރެއެވެ. ނަމަވެސް މިހާރު މަސައްކަތްތައް މަޑު ޖައްސާލާފައި އޮތުމުން އެ ތާރީހަށް އަންނާނެ ބަދަލެއް އަދި ނޭނގެއެވެ.