ގދ. އަތޮޅުގައި ބިދޭސީއަކު ރުކަކުން ވެއްޓި އެ މީހާގެ ކުރިމަތި ފަރާތަށް ވަރަށް ބޮޑަށް ގެއްލުންވެއްޖެ އެވެ.

ގައްދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އެ ހާދިސާ ހިނގީ އިއްޔެގެ މެންދުރު ވަގުތުގައި އެ ރަށު ކައިރީ އޮންނަ ގަން ކިޔާ ފަޅު ރަށަކަށް ދިޔަ ބަނގުލާދޭސް މީހަކާއި އެ މީހާ އާއި އިތުރު މީހަކު ގޮސްއުޅުމުގެ ތެރޭގައި އެ މީހާ ރުކަކަށް އަރައި އޮއްވައި ރުކުން ކައްސާލައިގެން ވެއްޓި ރުށްދަށުގައި ހުރި ދަނޑިއެއް ކުރިމަތީ ފާރަތަށް ހެރިގެން ކަމަށެވެ.

ބަންގުލަދޭޝް މީހާ އަށް ފަރުވާ ދެމުން އަންނަ ތިނަދޫ ހޮސްޕިޓަލުން ބުނީ އެމީހާގެ ކުރިމަތި ފަރާތަށް ގެއްލުމެއް ލިބުން ފިޔަވައި އިތުރު ޒަޚަމެއް ނެތް ކަމަށެވެ. ނަމަވެސް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ހޮސްޕިޓަލަކުން ވެސް ނުބުނެ އެވެ.

އުމުރުން 26 އަހަރުގެ ބަންގުލަދޭޝް އެ މީހަކީ 2007 ވަނަ އަހަރުން ފެށިގެން ގައްދޫގައި ދިރިއުޅެމުން އަންނަ މީހެކެވެ. އަދި އެމީހާއަކީ ވޯކް ޕާމިޓް އޮތް މީހެއް ނޫން ކަމަށާއި އެއްވެސް ލިޔެކިއުމެއް އޭނާގެ އަތުގައި ނެތް ކަމަށް ވެސް ގައްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.