ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކުރިއަށް އޮތް ކުލަބު މޯލްޑިވްސް ކަޕުގައި ނުކުޅެވޭގޮތަށް އެފްއޭއެމުން ނިންމާފައިވާ ނިންމުމަށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ފާޑު ކިޔައި، ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކައިފި އެވެ.

މިދިޔަ ހަފްތާގެ ސަންއެފްއެމް ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ކޯޗް ސުޒޭން ބުނީ، ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިނުވެވޭ ގޮތައް އެފްއޭއެމްއިން ނިންމި، ނިންމުމަކީ އެކަމުގެ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެ ނިންމި ނިންމުމުގެ ސަބަބުން ދިވެހި ފުޓްބޯޅަ ކުޅުންތެރިންގެ ކިބައިގައި ފުޓްބޯޅަ ކުޅުމަށް ހުންނަ ލޯބި ފަނޑުވެދާނެ ކަމަށް ވެސް އެރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒޭން ބުންޏެވެ.

" ކުލަބް މޯލްޑިވެސް ކަޕުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ނުކުޅެވޭގޮތައް ނިންމިގެން ނުވާނެ. އެނިންމުން ނިންމާފައި އެވަނީ ދިވެހި ފުޓްބޯޅަ ކުޅުންތެރިންނަށް ގެއްލުން ވާގޮތައް" ސުޒޭން ބުންޏެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނަށް ކުލަބް މޯލްޑިވްސް ކަޕުގައި ނުކުޅެވޭ ގޮތައް އެފްއޭއެމުން ނިންމީ މިދިޔަ ހަފުތާގަ އެވެ.

އެގޮތުން އެފްއޭއެމްގެ ރައީސް މީގެ ކުރިން ދިވެހި މީޑިއާތަކުގައި ބުނެފައި ވަނީ ކުލަބް މޯލްޑިވްސް ކަޕުގައި ގައުމީ ޓީމުގެ ކުޅުންތެރިންނަށް ނުކުޅެވޭ ގޮތަށް ނިންމީ ދިވެހި ފުޓްބޯޅަ އަށް އެންމެ ރަނގަޅު ގޮތަކީ ކުލަބު މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ގައުމީ ޓީމުގެ ކުޅުންތެރިން ބައިވެރިނުވުން ކަމަށް ހިންގާކޮމިޓީ އަށް ވެސް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން އެ މުބާރާތުގައި ކުޅެން ފުރުސަތު ނުދިނުމާމެދު ވަރަށް ރަނގަޅަށް ކުލަބު މޯލްޑިވްސްގެ އޮފިޝަލުންނާއެކު މަޝްވަރާކުރެވިފައިވާ ކަމަށް އާޒިމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.


ކުލަބު މޯލްޑިވްސްގެ އިތުރުން އެހެނިހެން ފުޓްސަލް މުބާރާތްތަކުގައި ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިން ކުޅޭތީވެ ކޮންމެ އަހަރަކު ވެސް އެކިސިފަސިފާގައި ކުލަބުތަކުންނާއި ގައުމީ ޓީމުގެ އޮފިޝަލުން އެފްއޭއެމަށް ޝަކުވާ ހުށަހަޅަ އެވެ. އަދި މިފަހަރު ފުޓްސަލް ކުޅުންތެރިންނަށް ނުކުޅެވޭގޮތަށް ނިންމީ މި ޝަކުވާތަކަށް ބެލުމަށްފަހު ކަމަށް ވެސް ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެ އެވެ.

އެފްއޭއެމުން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާ ފުޓްބޯޅަ ރެފްރީންނަށް ފުޓްސަލް މުބާރާތްތަކުގައި ރެފްރީކަން ވެސް ނުކުރެވޭގޮތަށް ނިންމައިފަ އެވެ.

ވަތަނިއްޔާ އިން ސްޕޮންސާކޮށްފައިވާ މި އަހަރުގެ ކުލަބް މޯލްޑިވެސް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މޭމަހުގެ 18 ވަނަ ދުވަހު އެ