29 Apr 2012, 13:07
ރައިޒިންގް ސްޓާރ އޮފް ދަ މަންތް އެޕްރީލް 2012 ގެ ނަމުގައި ކުރިއަށް ދިޔަ ކެރަމް މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ހުސެއިން ފާރިހް އަދި އަންހެން ޗެމްޕިއަންކަން ފާތިމަތް ރައުފާ ހޯދައިފި އެވެ.
އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މިއަހަރުގެ މަރޗް މަހުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ބޭއްވުމަށް ކަނޑައަޅައިވާފާ މި މުބާރާތުގެ މިމަހުގެ މުބާރާތުގައިވަނީ ފިރިހެން 30 ކުޅުންތެރިއަކާއި އަންހެން 12 ކުޅުންތެރިއަކު ވާދަކޮށްފަ އެވެ.
މިމަހުގެ 27 ން 28 ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގައި ފިރިހެން ކުޅުންތެރިންގެ ގަދަ ސޯޅަ ކުޅުންތެރިން ހޮވިއަރު އަންހެން ކުޅުންތެރިންގެ ގަދަ އަށް ކުޅުންތެރިން ވަނީ ހޮވާފަ އެވެ.
ފިރިހެން ރަނަރަޕް ކަން ހޯދީ މުހައްމަދު މުންތަސިރެވެ. ތިންވަނަ ސަދޫހު ސާމިއު، ހަތަރުވަނަ އަލީ ރިލްވާން، ފަސްވަނަ އިސްމާއިލް އަޒްމީން، ހަވަނަ ހުސެއިން އަމީޒް، ހަތްވަނަ ހުސެއިން މާޒިން، އަށްވަނަ އިބްރާހިމް ޒާހިދު، ނުވަވަނަ މުހައްމަދު އަރުސަލް، ދިހަވަނަ މުހައްމަދު ބިލާލް، އެގާރަވަނަ އާދަމް ޚަލަފް، ބާރަވަނަ އަބްދުﷲ މުނާޒް، ތޭރަވަނަ މުހައްމަދު ޝިރުހާން، ސާދަވަނަ އަލީ އާޒިމް، ފަނަރަވަނަ އިބްރާހިމް ރިފާޢު، ސޯޅަވަނަ ޔޫސުފް މިހުރާނެވެ.
އަންހެން ރަނަރަޕް ކަން ހޯދީ ޖުމާނާ ޚަލީލެވެ. ތިންވަނަ ފާތިމަތް ރަޔާން، ހަތަރުވަނަ ޝާފިރާ ޤާސިމް، ފަސްވަނަ މުޒެއިނަތް ރިޔާޒް, ހަވަނަ ރިފްޤާ މުހައްމަދު، ހަތްވަނަ އައިމިނަތް ރާޝިދާ، އަށްވަނަ ހޯދީ މަރިޔަމް ނަދާ އިބްރާހިމެވެ.