އައްޑު އަށް ދާން އުޅުނު މީހަކު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 20 ޕަކެޓާ އެކު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި އައްޑު އަށް ދިއުމަށްޓަކައި އެއާޕޯޓަށް ފުރަންގޮސް ހުއްޓައި ފުލުހުންގެ ހައްޔަރުކުރި މީހަކީ ސ. ހިތަދޫ ފަރިމާކޯނިގެ، ހަސަން އަޒީޒް35، އެވެ.

އެމީހާ އަތުލައިގަތީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެމީހާގެ އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބްލެޓް ސައިޒްގެ 20 ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީޤް ކުރަމުންނެވެ.