ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން ހޮވައި އެ ބޯޑުގެ ޗެއާޕާސަން އައްޔަންކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހެޅި އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)

  • ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް
  • ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  • ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ
  • ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  • ޢަބްދުﷲ ޙުސާމް ޝަރީފް، ދިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  • ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

އެ ކުންފުނީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ ތިން ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ:

  • އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ

  • އަޙްމަދު މުޙައްމަދު، ގ. އުފާ
  • ޢަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

މީގެ ތެރެއިން ބީއެމްއެލްއިން ވަނީ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އަލްފާޟިލް ޔޫޝަޢު ސަޢީދު، ހަމަޖައްސައިފައެވެ.