ލ. ކައްދޫން ފޮނަދު އަށް ދަތުރު ކުރި ކާރެއް ކޮންޓްރޯލު ނުކުރެވިގެން ގޮސް ރުކެއްގައި ޖެހި ރުއް ބިންދައިގެން ހިނގައްޖެ އެވެ.

ފުލުހުން ބުނީ މިރޭ 9:30ގައި ހިނގި އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް ޒަޚަމެއް، އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އަދި އެ އެކްސިޑެންޓް ހިނގީ ކައްދޫ ބޮޑުމަގުގެ އުތުރުން ދެކުނަށް ދުއްވާފައި ދަނިކޮށް ކާރު ކޮންޓްރޯލުން ނެއްޓި މަގުމަތީ ހުރި ގަހެއްގައި ޖެހި ކޮންޓްރޯލު ނުކުރެވި ގޮސް ރުކެއްގައި ޖެހިގެން ކަމަށެވެ. އަދި ކާރުގޮސް ޖެހުނު ރުއް ވެސް ވެއްޓިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

http://www.sun.mv/uploads/l_17813195.jpg
ސަން އަށް މައުލޫމާތު ދިން އެ އަތޮޅު މީހަކު ބުނީ ކައްދޫން ފޮނަދު އަށް ދަތުރު ކުރި ކާރު ބާރު ސްޕީޑްގައި ދުއްވަމުން ދަނިކޮށް، ފުރަތަމަ ޖެހުނީ މަގުމަތީގައި، މަގު ވަކިކުރަން ޖަހާފައި ހުރި ގަސްތަކެއްގައި ކަމަށެވެ. އަދި ކޯޒްވޭއާ ވިއްސަކަށް ފޫޓް ދުރުގައި ހިނގި އެ އެކްސިޑެންޓްގައި ކާރު ގަސްތަކުގައި ޖެހި ކޮންޓްރޯލުން ނައްޓައި އެ ސަރަހައްދުގައި ހުރި ރުކެއްގައި ޖެހި، ރުއް ބިނދައިގެން ދިޔައީ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ކާރު އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އެވަގުތު ކާރުގައި ދެ މީހުން ތިބި ކަމަށެވެ.