މިދިޔަ އަހަރު ރިލީޒްވެ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "އާރްއާރްއާރް"ގެ މިއުޒިކް ޑައިރެކްޓަރު އެމްއެމް ކީރާވަނީ މަލަޔާލަމް ފިލްމަކަށް ސޮއިކޮށްފިއެވެ.

މިއުޒިކް ޑައިރެކްޓަރެއްގެގޮތުގައި މަލަޔަލާމް ފިލްމަކަށް ކީރާ ސޮއިކޮށްފައިމިވަނީ މަލަޔާލަމް ފިލްމެއްގައި މަސައްކަތް ނުކުރާތާ 27 އަހަރަށްފަހުއެވެ.

ކީރާވަނީ އެންމެފަހުން މިއުޒިކް ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކޮށްފައިވަނީ 1996ވަނަ އަހަރު "ދެވަރަގަމް" ނަމަކަށްކިޔާ ފިލްމެއްގައެވެ. "މެޖީޝަން" ނަމަކަށް ކިޔާ ފިލްމެއްގެ މިއުޒިކް ޑައިރެކްޓަރަކަށް ކީރާވަނީ ސޮއިކޮށްފައިވާއިރު ފިލްމު ލޯންޗުކުރުމަށްޓަކައި އިންޑިއާގެ ތުރިވަނަންތަޕޫރަމްގައި އޮތް އިވެންޓުގައި ކީރާވަނީ ބައިވެރިވެފައެވެ. ފިލްމު ލޯންޗުކުރި އިވެންޓުގައި ވާހަކަ ދައްކަމުން ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު ބުނީ 27 އަހަރު ފަހުން މަލަޔާލަމް ފިލްމުތަކަށް އެނބުރި އާދެވުމުން އެކަމާ އުފާކުރާކަމުގައެވެ. މި އިވެންޓުގައި ކީރާވަނީ ވަނީ ކެރިއަރުގައި އުފެއްދި ކާމިޔާބު ބައެއް ލަވަތައްވެސް އަމިއްލަ އަޑުން ހުށަހަޅާފައެވެ.

ކީރާވަނީ މަލަޔާލަމް ފިލްމުތަކާ ބޮޑަށް ދުރަށްޖެހިލީ 2015ވަނަ އަހަރު ޑައިރެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު ރާޖާ މޮލީގެ "ބާހޫބަލީ" ފިލްމަށް ވަގުތު ހުސްކުރުމުގެގޮތުންނެވެ. މަލަޔާލަމް ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމުތަކަށްވެސް ކީރާވަނީ މިއުޒިކް ތައްޔާރުކޮށްދީފައިވެއެވެ. އޭގެތެރޭގައި ފިލްމު "ޕަހޭލީ"، "ޒަޚަމް"، "ކްރިމިނަލް" އަދި "ރޮގް" ހިމެނެއެވެ.

މިއުޒިކް އުފެއްދުމުގައި ހަޔާތުގެ ގިނަ ދުވަސްތަކެއް ވޭތުކޮށްފައިވާ ޑައިރެކްޓަރުގެ އެންމެ ބޮޑު ކާމިޔާބީއެއްގެގޮތުގައި ދެކެނީ އެސް އެސް ރާޖާ މޮލީގެ ފިލްމު "އާރްއާރްއާރް"އަށް އުފެއްދި ނާޓޫނާޓޫ ލަވައެވެ. އިންޑިއާއަށް އޮސްކާ އެވޯޑެއް އެންމެ ފުރަތަމަ ގެނެސްދިން މިލަވައިގެ ކާމިޔާބީގެ ވާހަކަތައް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ތާރީޚުގައި ރަން އަކުރުންވަނީ ލިޔެވިފައެވެ.