މަޖީދީ މަގުގައި ހުންނަ ޑިލައިޓް ފިހާރައިގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާތު ދާދި ދެންމެ ލިބިފައިވާއިރު މިހާރު ފަޔާ ރެސްކިއު ޓީމު އެކްޓިވޭޓު ވެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެ ގޭގެ ފަސްވަނަ ފަންގިފިލާގައި ކަމަށެވެ. އަދި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓު ނުލިބޭ ކަމަށެވެ.

އެއާ އެކު މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.