ޏ. ފުވައްމުލަކު ގެއަކުން ކޮންކްރީޓް ދަގަނޑުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންނަކީ ވެސް ކުށުގެ ރެކޯޑް އޮތް ދެ މީހުން ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

ފުވައްމުލަކު ދޫޑިގަމް އަވަށު ގެއަކުން މިދިޔަ އަންގާރަ ދުވަހު ވަގަށް ނެގި ކޮންކްރީޓް 24 ދަނގަޑުގެ ތެރެއިން 11 ދަގަނޑު ވަނީ ފުލުހުން ހޯދައިފަ އެވެ. ފުލުހުން ބުނީ އެތަކެތި ހޯދާފައި ވަނީ މީހަކަށް ވިއްކާފައިވަނިކޮށް ކަމަށެވެ.

ފުވައްމުލަކުގައި ކުށްކުރުން ވަރަށް ބޮޑަށް މަދުވެފައި އޮތުމަށް ފަހު އެ ރަށުގައި އަނެއްކާ ވެސް ކުށްކުރުން އަންނަނީ އިތުރުވަމުންނެވެ.