05 Aug 2010, 14:54
20:00
ލޯކަލް ކައުންސިލް އިންތިހާބަށް ޕީއޭގެ ޓިކެޓްގައި ކުރިމަތިލާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ޕީއޭގެ ރަޖިސްޓްރާ ހިޔަލީ މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، ޕީއޭއިން އަދި ނިންމާފައި ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ކަމަށްށެވެ.
ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ޕާޓީތަކާ އެކު އެއްބަސްވާ ގޮތެއްގެ މަތިން، އިދިކޮޅު އެހެން ޕާޓީތަކަށް ތާއީދު އޮތް ދާއިރާތަކުން އެ ޕާޓީތަކަށް، ތާއީދު ކުރުމުގެ ވިސްނުމެއް ޕީއޭއިން ގެންގުޅޭ ކަމަށާއި އަދި އެކަމާ ބެހޭ ގޮތުން، އިއްތިހާދު ވެފައިވާ އިދިކޮޅު ފަރާތްތަކާ އެކު ޕީއޭއިން މަޝްވަރާކުރާނެ ކަމަށެވެ.
ޝަރީފް އަދި ވިދާޅުވީ، މި މަހު ދެވަނަ ދުވަހު ފުލުހުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަދެ އެތަން ހިސޯރުކޮށް އެތަނުގެ މަސައްކަތްތައް ހުއްޓުވި މައްސަލަ ބަލައިދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުން ހުވާ ކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް ހުރަސް އެޅުއްވުމަށް އެ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އާއިޝަތު ވެލްޒިނީ ކުރެއްވި މަސައްކަތް ކުށްވެރިކުރައްވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެފަދަ ތަންތަނަށް ރަނގަޅު ބޭފުޅުން އައްޔަން ކުރެއްވުމަށް ވެސް ޝަރީފު ގޮވައިލެއްވި އެވެ.