31 May 2023, 12:09
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ޑިމާންޑް ބޮޑުވެ އެންވީޑިއާ ކޯޕް (އެންވީޑީއޭއޯ) އިޒްރޭލުގެ ސުޕަކޮމްޕިއުޓަރު ހަދަން ނިންމައިފިއެވެ.
އެންވީޑީއޭއޯ އިން ބުނީ އޭއައި އެޕްލިކޭޝަންތަކަށް ކަސްޓަމަރުންގެ ޑިމާންޑް ބޮޑުވަމުންދާކަމަށާއި، އެގޮތުން އިޒްރޭލުގެ އެންމެ ބާރުގަދަ އޭއައި ސުޕަ ކޮމްޕިއުޓަރު ހެދުމުގެ މަސައްކަތް އެކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކަމަށް ލިސްޓުކޮށްފައިވާ ޗިޕް ކުންފުނި އެންވީޑިއާ އިން ބުނީ ކްލައުޑް ބޭސްޑް ސިސްޓަމަށް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދުވާނެ ކަމަށާއި 2023 ވަނަ އަހަރު ނިމުމުގެ ކުރިން އެ ސިސްޓަމް ގެ ގިނަ މަސައްކަތްތައް ނިންމައި ހިންގަން ފަށާނެ ކަމަށެވެ.
އެންވީޑިއާގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ގިލާދު ޝައިނީރު ވިދާޅުވީ އެންވީޑިއާ އަކީ އިޒްރޭލުގެ 800 ސްޓާޓްއަޕްތަކާއި އެތައް ހާސް ސޮފްޓްވެއާ އިންޖިނިއަރުންނާ އެކު މަސައްކަތް ކުރި ކުންފުންޏެއް ކަމަށެވެ.
އިޒްރޭލް-1 ގެ ނަމުން ނަން ދީފައިވާ މި ސިސްޓަމުން އޭއައި ކޮމްޕިއުޓިންގެ އަށް އެކްސްފްލޮޕްގެ ޕާފޯމަންސް ފޯރުކޮށްދީ، މިއީ ދުނިޔޭގެ އެންމެ ހަލުވި އޭއައި ސުޕަކޮމްޕިއުޓަރުގެ ތެރޭގައި ހިމެނިގެންދާނެ ކޮމްޕިއުޓަރު ކަމަށް ބެލެވެއެވެ. އެއް އެކްސަފްލޮޕަކީ 1 ކުއިންޓިލިއަން - ނުވަތަ 1,000,000,000,000,000,000 ގެ ހިސާބުތައް އެންމެ ސިކުންތަކުން ކުރުމުގެ ގާބިލުކަން ލިބިފައިވާ އެއްޗެކެވެ.
ޝައިނީރު ވިދާޅުވީ އޭއައި އަކީ "އަޅުގަނޑުމެންގެ ހަޔާތުގައި ވެސް އެންމެ މުހިންމު ޓެކްނޮލޮޖީ" ކަމަށާއި އޭއައި އާއި ޖެނެރޭޓިވް އޭއައި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް ބޮޑެތި ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީޕީޔޫ) ބޭނުންވާ ކަމަށެވެ.
"ޖެނެރޭޓިވް އޭއައި މިދަނީ މިއަދު ހުރިހާ ދިމާލަކަށް ފުޅާވަމުން. ބޮޑެތި ޑޭޓާސެޓްތަކުގައި އޭގެ ތަމްރީނުތައް ހިންގަން ޖެހޭ،" އިޒްރޭލުގެ ކުންފުނިތަކަށް މިއަދު ލިބިފައި ނެތް ސުޕަކޮމްޕިއުޓަރެއް ލިބޭނެ ކަން ފާހަގަކުރައްވަމުން ރޮއިޓާސް އަށް އޭނާ ވިދާޅުވިއެވެ.
"މި ސިސްޓަމަކީ ހަގީގަތުގައި އެމީހުންނަށް މާ އަވަހަށް ތަމްރީނުތައް ހަދައި، ފްރޭމްވޯކްތައް ބިނާކޮށް، މިއަށްވުރެ ކޮމްޕްލެކްސް މައްސަލަތަކަށް ހައްލު ހޯދޭނެ ހައްލުތަކެއް ބިނާކުރެވޭނެ ވަރަށް ބޮޑު ސްކޭލެއްގެ ނިޒާމެއް،" މިސާލަކަށް އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އުފެއްދީ އެތައް ހާސް އެންވީޑިއާ ޖީޕީޔޫއަކާ އެކު އޭނާ ވިދާޅުވިއެވެ.
މި ސިސްޓަމަކީ ކުރީގެ މެލަނޮކްސް ޓީމުން އުފެއްދި ސިސްޓަމެކެވެ. އިޒްރޭލުގެ ޗިޕް ޑިޒައިނަރު މެލަނޮކްސް ޓެކްނޮލޮޖީސް 2019 ވަނަ އަހަރު އެންވީޑިއާ އިން ގަނެފައިވަނީ ގާތްގަނޑަކަށް ހަތް ބިލިއަން ޑޮލަރަށެވެ.
ޝައިނީރު ވިދާޅުވީ ސުޕަކޮމްޕިއުޓަރުގައި އެންވީޑިއާ އިން އެންމެ ފުރަތަމަ އިސްކަން ދިނީ އިޒްރޭލުގެ ބައިވެރިން ކަމަށެވެ. އަދި މި ސިސްޓަމް ބޭނުންކޮށްގެން އިޒްރޭލުން ބޭރުގެ ޕާޓްނަރުންނާ އެކު މަސައްކަތް ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގައި އެންވީޑިއާ އިން ބުނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބްރިސްޓަލްއާ ގުޅިގެން އިންޓެލް އާއި އެޑްވާންސްޑް މައިކްރޯ ޑިވައިސް އިންކްއާ ވާދަކުރާނެ އެންވީޑިއާ ޗިޕް ބޭނުންކޮށްގެން އާ ސުޕަކޮމްޕިއުޓަރެއް އުފެއްދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.