ޅ. ހިންނަވަރުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހަ އަހަރުގެ ކުޑަ ކުއްޖަކާ މެދު ބަދުއަޚުލާޤީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އެ ރަށު ގްރީން، އާމިރު ޝަކީލް، 44، ކަމަށެވެ. އަދި އިއްޔެ ހަވީރު ޝަކީލް ހައްޔަރު ކުރީ އޭނާގެ ގޭގައި ހުއްޓައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ޝަކީލަކީ ހިންނަވަރުގެ ކުރީގެ ކަތީބެކެވެ. އޭނާ އަކީ އެ ރަށުގެ މީހުން ވަރަށް ގަދަރު ކުރާ މީހެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.