29 May 2023, 09:45
މި އަހަރުގެ އައިފާ އެވޯޑްގެ ގްރީން ކާޕެޓް އިވެންޓްގެ ތެރެއިން އެކްޓަރު ސަލްމާން ޚާން ގާތު މި އިވެންޓުގައި ބައިވެރި ނޫސްވެރިޔަކު އިންނަން އަހައިފިއެވެ.
ހޮލީވުޑްއިން ސަލްމާން ޚާންއާއި ބައްދަލުކުރުމުގެ ދަތުރު ފެށި މި ފަރާތުން އެކްޓަރަށް ކުރިމިތި ކުރުވި މި ސުވާލާ އެކު ސޯޝަލް މީޑީއާގައި އޭގެ ވީޑިއޯ ކްލިޕްތައް ހަލުވިކަމާ އެކު ދައުރުވާން ފެށިއެވެ.
އެލީނާ ޚަލީފާ ނަމަކަށް ކިޔާ އަންހެން ކުއްޖާގެ ސުވާލާ އެކު ސަލްމާން އެ ކުއްޖާ ގާތު އެހީ ތި ދައްކަނީ އެކްޓަރު ޝާހްރުކް ޚާންގެ ވާހަކަ ކަމަށެވެ. ނަމަވެސް އެލީނާ ޖަވާބުގައި ބުނީ މި ދައްކަނީ ސަލްމާން ޚާންގެ ވާހަކަ ކަމަށާއި ސަލްމާން ޚާން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކްޓަރު ދެކެ ވަރަށް ބޮޑަށް ލޯބިވެވިފައިވާ ކަމަށެވެ. އެލީނާއާއި މުޚާތަބު ކުރަމުން ކާމިޔާބު އެކްޓަރު ބުނީ ކައިވެނީގެ މައުޟޫއަށް ވާހަކަ ދައްކަން މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ ކަމަށެވެ. މީގެ ވިހި އަހަރު ކުރިން އެލީނާއާއި ބައްދަލުވިނަމަ ރަގަޅުވީސް ކަމަށެވެ.
ސަލްމާން ޚާން ދާދި ފަހުން އިންޑިއާގެ ކާމިޔާބު ޝޯވް 'އާޕްކީ އަދާލަތު' ޝޯވްގެ ހޯސްޓު ކުރިމަތި ކުރުވި ސުވާލަކާ ގުޅިގެން ބުނެފައިވަނީ އޭނާއަކީ ލޯބީގައި ވަރަށް ނާކާމިޔާބު މީހެއް ކަމަށެވެ.
އެހެންނަމަވެސް މިހާތަނަށް ސަލްމާން ޚާން ލޯބީގެ ގޮތުން ބޮލީވުޑްގެ ގިނަ ބަތަލާއިންނާ ގުޅުނުކަމުގެ އަޑުތައްވަނީ އަރައިފައެވެ.
އޭގެ ތެރޭގައި ކުރީގެ ބަތަލާ ސަންގީތާ، ސޯމީ ޚާން، އައިޝްވަރްޔާ ރާއި އަދި ބަތަލާ ކެޓްރިނާ ކައިފް ހިމެނެއެވެ. މީގެ ތެރެއިން ކުރީގެ ބަތަލާ ސަންގީތާއާއި ދެ މީހުންގެ ގުޅުން ކައިވެންޏާ ހަމައަށް ގޮސް ކައިވެނީގެ ކާޑުތައް ޗާޕުކުރެވުނު ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ނޫސްވެރިންގެ ފަރާތުން އެކްޓަރަށް ކުރިމަތިކުރުވާ އެންމެ އާއްމު ސުވާލަކީ ކައިވެންޏާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކެވެ.
ނަމަވެސް މިހާތަނަށް ވެސް ސަލްމާން ޚާންގެ ފަރާތުން އެ ކަމަށް އެދެވޭ ޖަވާބެއްވަނީ ނުލިބިފައެވެ.